twitterviber whatsapp telegramfacebookyoutube instagram
19th April 2024

މާޒީގެ މުބާރާތްތަކުގައި ބައިވެރިވި ތަރިންނަށް ސްކޫލުތަކުން ބާއްވާ މުބާރާތްތައް ޝަރަފްވެރި ކޮށްދިނުމުގެ ފުރުސަތު ދިނުމަށް ކައުންސިލަރ އިލްތިމާސްކޮށްފި

Apr 2, 2011

އިބްރާހިމް ހަމީދު

މާޒީގެ މުބާރާތްތަކުގައި ބައިވެރިވި ކުޅުދުއްފުށީގެ ތަރިންނަށް ސްކޫލުތަކުން ބާއްވާ މުބާރާތްތައް ޝަރަފްވެރިކޮށްދިނުމުގެ ފުރުސަތު ދިނުމަށް ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދު އިލްތިމާސްކޮށްފިއެވެ.

ކައުންސިލަރ މިހެން އިލްތިމާސް ކުރެއްވީ އަފީފުއްދީން ސްކޫލުގެ 7 ވަނަ އެތުލެޓިކްސް މުބާރާތް ހުކުރު ދުވަހު ހަވީރު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވަމުން ދެއްކެވި ވާހަކައިގައެވެ. ޖަމްޝީދުގެ ވާހަކައިގައި މާޒީވެދިޔަ ތާރީހުތަކުގައި ކުޅުދުއްފުށިން ތަފާތު މުބާރާތްތަކުގައި ބައިވެރިވެފައިވާ ދުވަސްވީ މީހުންނަށް ފުރުސަތު ދޭންވީ އެއީ ވަރަށް އަގުބޮޑުތަރިކައެއްކަމަށް ވާތީކަމަށާއި އެބޭފުޅުންނަކީ ކޮންބައެއްކަން ސްކޫލުތަކުގައި ކިޔަވަމުންދާ ކުދިންނަށްވެސް އަންގައިދޭންޖެހޭތީއެވެ.

އަފީފުއްދީން ސްކޫލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އެތުލެޓިކްސް މުބާރާތުގައި މިއަހަރު ބައިވެރިވި އެތުލީޓުންނާ މުހާތަބް ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި ކުޅިވަރުގެ މައިދާނުގައި ކުޅުދުއްފުށި ތަމްސީލްކުރުމުގައި އެއްވެސް ކުއްޖެއް އެކުއްޖެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފަހަތަށް ނުޖެހި ކުރިއަށް ދިއުމަށް ނަސޭހަތްތެރިވިއެވެ.

ހަތަރު ހައުސް ހިމެނޭ އަފީފުއްދީން ސްކޫލުގެ އެތުލެޓިކްސް މުބާރާތުގައި 11 އަހަރުންދަށް، 13 އަހަރުންދަށް އަދި 15 އަހަރުން ދަށުގެ އުމުރު ފުރާއިން އަންހެން އަދި ފިރިހެން ޖުމްލަ 131 ކުދިން ބައިވެރިވެފައިވެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355