twitterviber whatsapp telegramfacebookyoutube instagram
29th July 2025

ޔޫރަޕުން ޖަރާސީމު ހުރި ތަރުކާރީ އެތެރެވެފައިވާތީ ސަމާލުވުމަށް އަންގައިފި

Jul 16, 2018

ޔޫރަޕުން ރާއްޖެއަށް އެތެރެކުރި ގަނޑު ކުރި ތަރުކަރީގައި ޖަރާސީމު ހުރުމުން މިދުވަސްކޮޅު އެފަދަ ތަރުކާރީ ވިއްކުމާއި ގަތުމުގައި ސަމާލުވާން މޯލްޑިވްސް ފޫޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ.

ރާއްޖެއަށް އެތެރެވެފައިވާ ޖަރާސީމް އެޅި ތަރުކާރީގެ ތެރޭގައި ތަފާތު ބާވަތްތަކުގެ ގަނޑުކުރި ތަރުކާރީ ހިމެނެ އެވެ. މިތަކެތީގެ ބްރޭންޑް ނަމާއި އެނޫންވެސް މައުލޫމާތު އެމްއެފްޑީއޭއިން މިހާރު ވަނީ އާންމުކޮށްފަ އެވެ.

ރާއްޖެއަށް އެތެރެވެފައިވާ ޖަރާސީމް އެޅި ތަރުކާރީގެ އުފެއްދުންތަކާއި އެތަކެތީގެ ބްރޭންޑް ނަމާއި އެނޫންވެސް މުހިއްމު މައުލޫމާތު ހިމެނޭ ލިސްޓަކާއެކު އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ޔޫރަޕުން ރާއްޖެއަށް އެތެރެވެފައިވާކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފޫޑް ސޭފްޓީ ނެޓްވޯކުން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މައްސަލަ ހުރި ޕެކޭޖްތައް ބާޒާރުން ނެގުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

ލިސްޓުގައި ނަން ހިމެނޭ ބާވަތެއް ވިއްކަން ހުރިކަން އެނގިއްޖެނަމަ ލަސްނުކޮށް އެ އޮތޯރިޓީއަށް އެންގުމަށްވެސް އެމްއެފްޑީއޭއިން ވަނީ އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355