twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެންމެ ޒަމާނީ ފެންވަރުގެ ސީޓީ މެޝިނެއް ބަހައްޓަނީ

Jul 16, 2018

ސަރުކާރުގެ ހަރަދުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެންމެ ޒަމާނީ ފެންވަރުގެ ސީޓީ ސްކޭނިންގ މެޝިނެއް ބަހައްޓަން ތައްޔާރުވެއްޖެ އެވެ. ކޭއާރުއެޗުގައި ބަހައްޓަނީ އައިޖީއެމްއެޗްގައި ހުރި ފެންވަރުގެ 128 ސްލައިސްގެ މެޝިނެކެވެ.

މެޝިން މިހާރު ކުޅުދުއްފުއްޓަށް ގެނެސްފައިވާއިރު މެޝިން ބެހެއްޓުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރަމުންނެވެ. މެޝިން ބަހައްޓާ އިމާރާތުގެ މަސައްކަތް ހަލުވިކުރުމުގެ ގޮތުން އެމަސައްކަތްތައް ކުރަމުންދަނީ ހައުންސިންގ މިނިސްޓްރީގެ ޕަބުލިކް ވޯކްސް ޑިޕާޓްމަންޓްގެ މުވައްޒަފުން ލައްވާ އެވެ.

ކޭއާރުއެޗްއަށް ގެނެސްފައިވާ ސީޓީ މެޝިން–

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި ސަރުކާރުން ވަނީ 50 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފަ އެވެ.

ސީޓީ މެޝިން ބަހައްޓަން ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތްތައް ކުރިއަށްދާގޮތް މިއަދު ވަނީ ކޭއޯގެ ނޫސްވެރިންނަށް ދައްކާލާފަ އެވެ. މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު ސީޓީ މެޝިންވެސް އެ އިމާރާތުގެ ތެރޭގައި ބަހައްޓާފައި ހުއްޓެވެ. އެ އިމާރާތް ހަދަމުންދަނީ ސީޓީ މެޝިނާއި އެމްއާރުއައި މެޝިން ބެހެއްޓޭނެ ގޮތަށެވެ.

ސީޓީ މެޝިން ބެހެއްޓުމަށް ތައްޔާރުކުރަމުންދާ އިމާރާތްގެ މަސައްކަތް ވަނީ ގާތްގަނޑަކަށް ނިމިފަ–

އެމްއާރުއައި އާއި ސީޓީ މެޝިން ބެހެއްޓުމަށްޓަކާ މަރާމާތުކުރަމުންދާ އިމާރާތްތަކީ އިންޑިޔާގެ ނިމްސް ކުންފުނިވެސް އެހިދުމަތްތައް ދިނުމަށް މަރާމާތުކުރަމުންދިޔަ ތަނެވެ. އެއީ ކުރީގައި ޖެނެރަލް ވޯޑެވެ. ނިމްސް އިން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަހައްޓަން ގެނައީ 16 ސްލައިސްގެ ސީޓީ މެޝިނެކެވެ. ސަރުކާރުން އެތަނުގައި ބޮޑު ސީޓީ މެޝިނެއް ބަހައްޓަން ނިންމުމުން އެއިމާރާތުގެ ބޮޑުބައެއް އަލުންވަނީ މަރާމާތުކުރަން ޖެހިފަ އެވެ.

މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެމަސައްކަތް ވަނީ ދާދި ނިމުމަކާ ގާތްވެފައި އެވެ. ހެލްތް މިނިސްޓްރީ ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރިއަށްދާއިރު ސީޓީގެ ހިދުމަތް ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ލިބޭވަރުވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355