twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނޮޅިވަރަމްގެ ނަރުދަމާ ނިޒާމްގެ ހިދުމަތް ރައީސް ފައްޓަވައިދެއްވައިފި

Jul 17, 2018

ހދ ނޮޅިވަރަމްގެ ނަރުދަމާގެ ނިޒާމްގެ ހިދުމަތް ރަސްމީކޮށް މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން މިއަދު ފައްޓަވައި ދެއްވައިފި އެެވެ.

ހދ އަދި ހއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޮޅިވަރަމުގެ ނަރުދަމާގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު ހެނދުނު އެރަށް ވަޑައިގެންނެވެ.

ގާތްގަނޑަކަށް 78 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކުރި މި ނިޒާމްގެ ދަށުން އެއް ސީއައުޓްފޯލް އަޅައި 5 ޕަމްޕް ސްޓޭޝަން ގާއިމްކުރެވިފައި ވެއެވެ.

ނޮޅިވަރަމްގެ ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާއި ހަވާލުކޮށްފައިވަނީ 18 ކިލޯމީޓަރުގެ ދިގު ނަރުދަމާ ވިއުގައަކާއި އެކު މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް މަސައްކަތް ނިންމާގޮތަށެވެ.

މީގެ ިއތުރުން ނޮޅިވަރަމުގެ ބަނދަރުގެ މަސައްކަތާއި އިޔާދަ ކުރަނިވި ހަކަތައިގެ މަޝްރޫއެއް އެރަށުގައި ދަނީ ހިންގަމުންނެވެ.

ރައީސް މިއަދު ނޮޅިވަރަމަށް ވަޑައިގަތުމުން އެރަށުން މަރުހަބާ ދަންނަވަނީ–

މި މަޝްރޫއުގެ މަސައްކަތް އެރަށުގައި ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ.

ރައީސް ޔާމިންގެ މިދަތުރުފުޅުގައި ހދ ހަނިމާދޫއާއި ހއ. އަތޮޅުން ހޯރަފުށި، އިހަވަންދޫ، ދިއްދޫ، ކެލާ އަދި ބާރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ހަނިމާދޫއަށް ވަޑައިގަންނަވަނީ އެ ރަށުގައި ގާއިމް ކުރި ނަރުދަމާގެ ނިޒާމް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވުމަށެވެ. ހޯރަފުއްޓަށް ވަޑައިގަންނަވަނީ އެ ރަށުގެ ގޮނޑޮދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށެވެ. އިހަވަންދު އަށް ރައީސް ޔާމީން ވަޑައިގަންނަވަނީ އެ ރަށުގައި ގާއިމްކުރި ނަރުދަމާގެ ނިޒާމު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވުމަށެވެ.

ކެލާގެ ނަރުދަމާގެ ނިޒާމު، ރައީސް އިފްތިތާހުކޮށް ދެއްވާއިރު، ބާރަށުގައި ހެދި ފާލަށް ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ވެސް ރައީސް ޔާމީން ވަނީ ނިންމަވައިފަ އެވެ.

އަދި ދިއްދު އަށް ވަޑައިގެން، އެ ރަށުގައި ރައްކާތެރި ބޯފެނުގެ ހިދުމަތް އިފްތިތާހު ކޮށްދެއްވައި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި މަގު ހެދުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކޮށްދެއްވާނެ އެވެ. އަދި، ދިއްދޫ ގައި ސަރުކާރުން އިމާރާތް ކުރި ހައުސިން ޔުނިޓްތައް ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355