twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނޮޅިވަރަމުގައި އެންމެ ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އަޅާ ދޭންނަން: ރައީސް

Jul 17, 2018

ހދ ނޮޅިވަރަމުގައި އެންމެ ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ތިލަދުންމައްޗަށް ކުރައްވަމުންގެންދާ ދަތުރުފުޅުގައި އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ނަރުދަމާގެ މަސައްކަތް ފައްޓަވައިދެއްވާ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރަށުގެ ޒުވާނުން އެންމެ ބޮޑަށް އެދިލައްވާކަމަކީ އެންމެ ޒަމާނީ ފުޓްބޯޅަ ދަނޑެއް އަޅައިދިނުން ކަމަށެވެ.

” ނޮޅިވަރަމުގެ ޒުވާނުންގެ އިހުސާސްތައް ބަލާލިއިރު ނޮޅިވަރަމުގެ ޒުވާނުން އެންމެ އެދޭކަމެއްގެ ގޮތުގައި މިއޮތީ އެންމެ މިޒަމާނުންގެ ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އަޅައިދިނުން. އަޅުގަނޑު ނޮޅިވަރަމްގެ ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި ރާއްޖޭގެ ބައެއް ދިމަދިމާލުގައި މާގިނަ ރަށްތަކެއް ނޫން، ބައެއް ރަށްރަށުގައި އެންމެ މިޒަމާނުންގެ ބޮޑެތި ފުޓްބޯޅަ ދަނޑު އެޅުމުގެ ޙިޔާލު އަޅުގަނޑު އެބަ ތޯ. އެމަޝްރޫއު އެކުލަވާލުމުގެ މަސައްކަތް ދަނީ. އިރާދަކުރެއްވިއްޔާ އޭގެ ތެރޭގައި ނޮޅިވަރަމް އަޅުގަނޑު ހިމަނާ ދޭނަން.” ރައީސް ވިދާޅުވި އެވެ.

ނޮޅިވަރަމް ކުރިއަށް އޮތް މަޝްރޫއުތަކަށް ބަލާއިރު ސާފުބޯފެނުންގެ ނިޒާމް ގާއިމްކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ. ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްގީކުރައްވާނެކަމަށް ރައީސް ވިދާޅުވެފައިވާއިރު ނޮޅިވަރަމަކީ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެއްކަން ފާހަގަކުރެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355