twitterviber whatsapp telegramfacebookyoutube instagram
15th August 2026

ތިލަދުންމަތީގައި 3000 ޓޫރިޒަމް އެނދު ތަރައްގީކުރާނެކަމަށް ރައީސް ވިދާޅުވެއްޖެ

Jul 17, 2018

ހއ އަދި ހދ ނުވަތަ ތިލަދުންމަތީގައި 3000 ޓުރިޒަމް އެނދު ތަރައްގީކުރާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުﷲ ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ނޮޅިވަރަމަށް ރައީސް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރަވަމުން ރައީސް ޔާމީން ވިދާޅުވީ މިއަންނަ ފަސް އަހަރުތެރޭގައި ތިލަދުންމަތީގައި 3000 ޓޫރިޒަމް އެނދު ތަރައްގީކުރާނެ ކަމަށެވެ.

“މިއަންނަ ފަސް އަހަރުގެ ކުރީކޮޅު އަޅުގަނޑުމެންގެ ޙިޔާލު ކޮންގެން މިއުޅެނީ 3000 ޓޫރިޒަމް އެނދު، އިރާދަކުރެއްވިއްޔާ ހއ އާއި ހދ ގައި އަޅާނަން.” ނޮޅިވަރަމްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިސަރަހައްދުގައި ރިސޯޓްތަކެއް ހުޅުވިގެންދާނެ ކަމަށާއި އެންމެ އިސްކަމެއްދޭ މަޝްރޫއުތަކުގެ ތެރޭގައި މިއަތޮޅުތަކުގައި ހުރި ބޮޑެތި ކޮންމެ ރަށެއްގައި ގެސްޓްހައުސް އަޅައި އެކަމަށް ބޭނުންވާ ހުރިހާ އިންފުރާސްޓަކްޗަރ އެއް ހަމަކޮށްދޭނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

“ހަނިމާދޫގައި އެއާޕޯޓެއް އެބަ އޮތް، ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުން އެބަދޭ. މިއާއެކު ޓޫރިޒަމްގެ މަސައްކަތްތައް މިތާގައި ހިނގާނެ.” ރައީސް ވިދާޅުވި އެވެ.

3000 އެނދު ތިލަދުންމަތީގައި ތަރައްގީ ވެގެންދާއިރު މިކަމުގެ ސަބަބުން ތިލަދުންމަތީގެ ދަނޑުވެރިކަން ފުޅާވެ، ރަށްތަކަށް ތަނަވަސްކަން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355