twitterviber whatsapp telegramfacebookyoutube instagram
8th May 2024

މިސަރުކާރުގައި ނޮޅިވަރަމްގެ ތަރައްގީއަށް 115 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ: ރައީސް ޔާމީން

Jul 17, 2018

ރައީސް ޔާމިންގެ ސަރުކާރުގައި ވޭތުވެދިޔަ 4.5 އަހަރުގެ މުއްދަތުގެ ތެރޭގައި ނޮޅިވަރަމްގެ ތަރައްގީއާއި ނޮޅިވަރަމަށް ބޭނުންވެފައިވާ މަޝްރޫއުތައް ހިންގުމަށް 115 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ރައީސް ޔާމިން ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ނޮޅިވަރަމުގެ ނަރުދަމާ ނިޒާމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް އެރަށަށް ވަޑައިގެން ރައީސް ވިދާޅުވީ 2013 ގެ ކުރިން ހިނގާދިޔަ ދެ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ނޮޅިވަރަމުގެ ތަރައްގީއަށް ހޭދަކުރެވިފައިވަނީ އެންމެ 7 މިލިއަން ރުފިޔާކަމަށާއި އެހެންނަމަވެސް ރައީސް ޔާމިންގެ ސަރުކާރުގައި ނޮޅިވަރަމްފަދަ މެދު ފަންތީގެ ރަށަކަށް 7 މިލިއަނަށް ވުރެ 20 ގުނައާއި އިތުރަށް ހޭދަކުރެވިފައިވާ ކަމަށެވެ.

ކުރިއަށްވެސް ނޮޅިވަރަމަށް މަޝްރޫއުތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ނޮޅިވަރަމަށް ސާފު ބޯފެން ފޯރުކޮށް ދިނުމުގެ ނިޒާމެއް ގާއިމްކޮށްދެވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.މީގެ އިތުރުން ބަނދަަރުގެ 65 އިންސައްތަގެ މަސައްކަތް ނިމިފައިވާ ކަމަށާއި އަދި އިންޖީނުގެއާއި ހެލްތް ސެންޓަރުވެސް ވަނީ އަޕް ގްރޭޑް ކުރެވިކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

” ބަނދަރުގެ 65 މަސައްކަތް މިހާއެއޮތީ ނިމިފަ، އަދި ހަމަ އެހެންމެ މިރަށުގައި ހުރި އެހެން ބައެއްކަަހަލަ ވަސީލަތްތައް މިވަނީ ތަނަވަސް ކޮށްދެވިފަ. އޭގެ ތެރޭގައި އިންޖީނު ގެވެސް އަޕްގްރޭޑް ކުރެވިފަ، ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރެވިފަ” ކަމަށް ރައީސް ޔާމިންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ނޮޅިވަރަމްގެ ޒުވާނުންގެ އެންމެ ބޮޑު އެދުމަކީ ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއްކަމަށާއި މި އަހަރުވެސް ރާއްޖޭގެ އެކި ދިމަ ދިމާލުގައި އެންމެ ފެންވަރު ރަނގަޅު ފުޓްބޯޅާ ދަނޑުތައް ގާއިމް ކުރުމަށް ޕްލޭން ރޭވިފައިވާކަމަށާއި އެގެ ތެރޭގައި ނޮޅިވަރަމްވެސް ހިމަނާ ދޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމިން މިހާރު ހއ އާއި ހދ އަށް ކުރައްވަމުން ގެންދަވާ ރަސްމީދަތުރުފުޅު ގައި ހދ ނޮޅިވަަރަމްގެ އިތުރުން ހަނިމާދު އަދި ހއ ގެ ހޯރަފުށި، އިހަވަންދޫ، ދިއްދޫ، ކެލާ އަދި ބާރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355