twitterviber whatsapp telegramfacebookyoutube instagram
18th April 2026

ހޯރަފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ނިމުން ރަސްމީކޮށް އިފްތިތާހުކޮށްފި

Jul 17, 2018

ހއ. ހޯރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ރަސްމީކޮށް ރައީސް އަބުދުﷲ ޔާމީން އިފްތިތާހުކޮށް ދެއްވައިފި އެވެ.

އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ރައީސް އިފްތިތާހުކޮށް ދެއްވީ މިއަދު މެންދުުރު ފަހު އެރަށް ވަޑައިގެންނެވެ.

ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 21 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް މި މަޝްރޫއުގެ ދަށުން ހޯރަފުށީގެ ގިރާ ސަރަހައްދަށް 14،760 ކޮޑިމީޓަރަށް ވެލިއަޅައި ރަށުގެ އިރު އުތުރު ފަރާތުން 570 މީޓަރަށް އަދި ހުޅަނގު ދެކުނު ފަރާތުން 230 މީޓަރުގެ ސަރަހައްދެއް ހިމާޔަތް ކޮށްފައި ވެއެވެ.

އަދި ޕަމްޕް ސްޓޭޝަން ތިނެއް ކައިރިން 80 މީޓަރުގެ ބޮޑު ހިލަ ޖަހައިގެން ގޮނޑުދޮށް ވަނީ ހިމާޔަތްކޮށްފަ އެވެ.

2015 ވަނަ އަހަރުގެ އޮގަސްޓް މަހު ފަށާފައިވާއިރު މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ހޯރަފުއްޓަށް މިއަދު އެމަނިކުފާނު ވަޑައިގަތީ ހދ އަދި ހއ ގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީދަތުރުފުޅުގައި މިއަދު ހެނދުނު ހދ ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމު ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355