twitterviber whatsapp telegramfacebookyoutube instagram
20th April 2024

ލޯފަން ކުދިންނަށް ތާނަ ލިޔަން ކިޔަން ދަސްކޮށްދިނުމަށް ކޯހެއް ފަށައިފި

Jul 17, 2018

ދިވެހި ބަހުގެ އެކަޑަމީއިން ލޯފަން ކުދިންނަށް ތާނަ ލިޔަން ކިޔަން ދަސްކޮށްދިނުމުގެ ކޯހެއް ފަށައިފި އެވެ.

ދިވެހި ބަހުގެ އެކަޑެމީގައި ބޭޭއްވި ރަސްމިއްޔާތެއްގައި މި ކޯސް ފަށްޓަވާދެއްވީ އެ އެކަޑެމީގެ ރައީސް އަޝްރަފް އަލީއެވެ. ތާނަ ބުރެއިލްގެ ނަމުގައި ކުރިއަށް ގެންދާ މި ކޯހުގެ މުއްދަތަކީ އެއްމަސްދުވަހެވެ.

މި ކޯހުގައި ކިޔަވައިދޭނެ ފޮތްތައް ތައްޔާރުކޮށް މިކޯހުގައި ކިޔަވައިދެއްވަނީ ޢަހުމަދު ރަޝީދު އަބްދުލް ޤާދިރެވެ. ކޯހާބެހޭ މައުލޫމާތު ދެއްވަމުން އަހުމަދު ރަޝީދު ވިދާޅުވީ މި ކޯހުގެ މުއްދަަތަކީ 1 މަސްދުވަހަށް ވީނަމަވެސް ކުދިންގެ ތޫނުފިލިކަމަށްބަލާ މިމުއްދަތަށްވުރެ އަވަހަށްވެސް ކޯސް ނިމުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

އަދި މިފަދަ އެހެން ކޯސްތައްވެސް ކުރިއަށް ރާވާފައިވާކަމަށާއި، އުންމީދަކީ ރާއްޖޭގައި ތިބި ލޯފަން ހުރިހާ މީހުންނާ، ކުދިންނަކީ ތާނައިން ލިޔަން ކިޔަން އެނގޭ ބަޔަކަށް ހެދުންކަމަށެވެ.

މި ކޯސް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، މިމަސައްކަތުގެ އެންމެ ބޮޑު އަމާޒަކީ ލޯފަން ކުދިންނާ މީހުންނަށް ތާނަ އޭގެ އަސްލުގެގޮތުގައި އެ އިހުސާސުތައް އެމީހުންގެ ސިކުނޑިއަށް ގެނެސްދިނުން ކަމަށެވެ.

މި ކޯސް ފުޅާކުރުމުގެ ގޮތުން ދިވެހި ބަސް ލިޔަން ކިޔަން ދަސްކޮށްދިނުމުގެ އިތުރުން ދިވެހި ބަހުގެ ޤަވާއިދުތަށްވެސް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ބަހުގެ އެކަޑަމީން ބުނެއެވެ. ތާނަ ބެރެއިލްއަކީ ދިވެހި ބަހަށް ގެނެވުނު އާ އީޖާދެކެވެ.

މަސްދަރު: ޕީއެސްއެމް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355