twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހޯރަފުށީ ރައްޔިތުން އެދުނު ހުރިހާ ކަމެއް ރައީސް ކޮށްދީފި، ދެން ބޭނުމީ ސްޕަރ މެޖޯރިޓީ: މުހަންމަދު

Jul 17, 2018

ހއ ހޯރަފުށީގެ ތަރައްގީއަށް އެރަށުގެ ރައްޔިތުން އެދުނު ހުރިހާ ކަމެއް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ވެރިކަމުގައި ކޮށްދީ ނިންމާފައިވާކަމަށް އެދާއިރާ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ހޯރަފުށީ ގޮނޑުދޮށް ހިމާޔާތްކުރުން މަޝްރޫއު ނިމުން ފާހަގަކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުހަންމަދު އިސްމާއިލް ވިދާޅުވީގޮތުގައި މި ފަސް އަހަރުގެ ތެރޭގައި ހޯރަފުށީ ރައްޔިތުން އެދުނު ހުރިހާ ކަމެއް ރައީސް ޔާމީން އަރިހުގައި ދަންނަވައިގެން ރަށުގެ ތަރައްގީއަށް އެހުރިހާ ކަމެއް ކޮށްދީފައިވާނެ ކަމަށެެވެ.

ތަރައްގީއަކީ މިއަދު ފެށިފައި ހުރި ބޮޑެތި ޕްރޮޖެކްޓްތައް 2018 ވަނަ އަހަރު ތިބޭފުޅުން ނަގައި ޑިޒިޝަނެއްގެ ސަބަބުން ލަސްވުމަކީ އެކަށީގެންވާ ކަމެއް ނުވަތަ ނުކުރެވި މުޅި ގައުމު 20 އަހަރު ފަހަތަށް ސޮއްސާލައިގެން ހިނގައިދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ހޯރަފުށީގެ ރައްޔިތުން އެދުނު ހުރިހާ ތަރައްގީއެއް ރައީސް ޔާމީންގެ ވެރިކަމުގައި ގެނެސްދީފައިވާނޭކަމަށާއި ހަމައެއްވެސް ކަމެއް ނުކޮށްދޫކޮށްލައިފައިނެތް ކަމަށް މުހައްމަދު އިސްމާއިލް ފާހަގަކުރެއްވި އެވެ. އެހެންވުމުން 2018 ވަނަ އަހަރު ރައީސް ޔާމީނަށް ވެރިކަން ހޯދާދިނުމަށްޓަކައި ރަށުގެ ރައްޔިތުން އެކުއެކީގައި މަސައްކަތްކޮށް އެމަނިކުފާނަށް ސުޕަރ މެޖޯރިޓީއެއް ހޯދައިދިނުމަށް މަސައްކަތްކުރަން ޖެހޭކަމަށް ރައީސް ޔާމީންވެސް ބައިވެރިވެވަޑައިގަންނެވި އެ ރަސްމިއްޔާތުގައި މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

މުހަންމަދު އިސްމާއިލް ވިދާޅުވީ މިވެރިކަމުގައި ހއ އަތޮޅަށް 1500 މިލިއަން ރުފިޔާ ތަރައްގީގެ އެކި މަޝްރޫއުއަށް ހަރަދުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީގޮތުގައި ރަށް ނުވަތަ އަތޮޅު ތަރައްގީކޮށްދޭކަށް ދުރު އަތޮޅަކު މީހަކު ނާންނާނެކަމަށެވެ. ރަށް ތަރައްގީކުރާނީ ރަށުގެ ނުވަތަ އަތޮޅުގެ ރައްޔިތުން ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ވަނީ ހިންގާފަ އެވެ. އެގޮތުން ސާފުބޯފެނުގެ ނިޒާމް، ނަރުދަމާ ނިޒާމްވަނީ ގާއިމްކޮށްދީފަ އެވެ. އަދި މަލްޓިޕާޕާސް ހޯލަކާއި ސީ އެމްބިއުލާންސް ހިދުމަތް، އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް، 600 ކިލޯވޯޓްގެ ޖަނަރޭޓަރެއް ރަށަށް ވަނީ ގެނެސްދީފަ އެވެ. ބީއެމްއެލްގެ ބެންކުން އިމާރާތަކާއި ފުލުހުންގެ އިމާރާތެއްވެސް ވަނީ ހޯރަފުށީގައި ރައީސް ޔާމީންގެ ވެރިކަމުގައި ގާއިމްކޮށް ނިންމާފަ އެވެ.

ހޯރަފުށީ ކައިރީގައި އޮންނަ މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355