twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައަޅައި، “ފިޝަމަން ކާޑެއް” ތައާރަފް ކުރާނަން: ރައީސް

Jul 17, 2018

އިތުރު ދައުރަކަށް ފުރުސަތު ދެއްވާފިނަމަ މަސްވެރިންނަށްޓަކާ ރީނދޫ އުރަހަ ކަންނެލި ގަންނާނެ އެންމެ ކުޑައަގެއް ކަނޑައާޅާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

“އަޅުގަނޑުމެންގެ ސަރުކާރެއްގައި މިހާރު ނިންމާފައި މި އޮތީ ރީންދޫ އުރަހަ ކަންނެލި އޭގެ އެންމެ ދަށް ވެގެން ގަންނާނެ އަގެއް އަޅުގަނޑުމެން ކަނޑައަޅާނަން، އެއަށް ވުރެ ދަށް އަގެއްގައި ރީންދޫ އުރަހަ ކަންނެލި ވިއްކާކަށް ހުއްދައެއް ނޯންނާނެ، މަސްވެރިންނަށް ކަށަވަރުކޮށްދޭ ކަމެއް މިއީ.” ހޯރަފުށީ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

މަސްވެރިކަމަކީ ރާއްޖޭގެ ލޭނަރުކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދެވަނަ ދައުރުއަކަށް ހޮވިވަޑައިގަތުމަށް ފަހު މަސްވެރިންނަށް ޚާއްސަ އައިޑީ ކާޑެއް ތައާރަފް ކުރައްވާނެ ކަމަށެވެ. އަދި މި އައިޑީކާޑްގެ ބޭނުމަކީ މަސްވެރިން އާއްމު ހިދުމަތްތައް ހޯދާއިރު، ކިޔޫގައި ނުޖެހު ހިދުމަތް ލިބުން ކަމަށެވެ.

އެ ކާޑު ބޭނުމަކީ ހޮސްޕިޓަލަށް ދިޔަ ނަމަވެސް ނުވަތަ ޕާސްޕޯޓެއް ހައްދަން ވިޔަސް ނުވަތަ އެ ނޫން ވެސް އާންމު ހިދުމަތް ލިބުމުގައި މަސްވެރިންނަށް އިސްކަން ދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވިގޮތުގައި އިތުރު ދައުރެއް ލިބިއްޖެނަމަ އައިސްޕްލާންޓްތަކާއި މަސްފެކްޓަރީތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަދާނެ ކަމަށެވެ. އަދި މަސްވެރިން ބާނާ މަހަށް ވަގުތުން ވަގުތައް ފައިސާ ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355