twitterviber whatsapp telegramfacebookyoutube instagram
27th April 2024

ދިއްދޫގައި ސަރުކާރުން ހިންގި ހަތަރު މަޝްރޫއެއްގެ ނިމުން ފާހަގަކޮށްފި

Jul 18, 2018

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، މިއަދު ހެނދުނު ހއ ދިއްދޫއަށް ވަޑައިގެން އެރަށުގައި ހިންގެވި ހަތަރު މަޝްރޫއެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދިއްދޫއަށް ކުރެއްވި މިޒިޔާރަތުގައި ދިއްދޫގައި ގާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ހިދުމަތާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވައި، އެރަށުގެ މަގު ހެދުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވައި ދިއްދޫގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ވަނީ ހުޅުއްވައިދެއްވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި ހއ. ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަކުރުމުގެ ރަސްމިއްޔާތުގައިވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަދި މި ދަތުރުފުޅުގައި ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހިދުމަތް ވެސް ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހއ. ކެލައަށް ވަޑައިގެން ކެލާގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، ހއ. ބާރަށަށް ވަޑައިގެން އެރަށުގައި މެރީނާއެއްގޮތަށް ހަދާފައިވާ ޖެޓީ ރަސްމީކޮށް ހުޅުއްވައިދެއްވުމަށާއި، ހދ. ހަނިމާދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355