twitterviber whatsapp telegramfacebookyoutube instagram
25th April 2024

އިހަވަންދޫގެ ތަރައްގީއަށް 143 މިލިއަން ރުފިޔާ ހަރަދުކޮށްފިން: ރައީސް ޔާމީން

Jul 18, 2018

ކުރީގެ ސަރުކާރުތަކުން އިހަވަންދޫގެ ތަރައްގީއަށް ހަރަދުކޮށްފައިވަނީ 78 މިލިއަން ރުފިޔާ ކަމަށާއި މިސަރުކާރުން އިހަވަންދޫގެ ތަރައްގީއަށް 143 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނޭކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިހަވަންދޫގައި ސަރުކާރުން ގާއިމްކުރި ނަރުދަމާގެ ނިޒާމް އިފްތިތާހްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީގޮތުގައި އިހަވަންދޫގެ ތަރައްގީއަށް މިސަރުކާރުން ދެގުނަ ހަރަދުކޮށްދީފައިވާ ކަމަށެވެ.އުމްރާނީ ތަރައްޤީއާއެކު ސިކުނޑިއާއި ވިސްނުންވެސް ތަރައްޤީވާން ޖެހޭކަމަށެވެ. ރައީސް ވިދާޅުވީ ޤައުމަށް އަންނަ ބަދަލާއި މެދު ކޮންމެ ރައްޔިތަކުވެސް ވިސްނާ ފިކުރުކުރުމަށް އެދިލެއްވި އެވެ.

ޤައުމަށް އިންވެސްޓަރުން އަންނަނީ އިތުބާރާއި ޔަޤީންކަން އޮތުމުންކަމަށާއި، އެމަނިކުފާނަށް އިތުރު ފުރުސަތެއް ދެއްވައިފިނަމަ ތަރައްގީގެ އިތުރު ޕްރޮޖެކްޓްތައް ހިންގަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމަށް ތަރައްޤީ އެކި ސިފައިގައި އެކި ރައީސުން ގެނެސްދީފައިވާކަމަށާއި، އަސާސީ ހިދުމަތްތަކުގެ ތަރައްޤީ ދިވެހިންނާއި ހަމައަށް ގެނެސްދިނީ މި ސަރުކާރުންކަމަށެވެ. އަދި ބައެއް ބޭފުޅުން ކޮންކްރީޓް ތަރައްޤީއަކީ ތަކުލީފެއްކަމަށް ވިދާޅުވާތީ އެކަމަށް އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ފެނާ ނަރުދަމާ ހޮޅި ވަޅުލައި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ދެވުމަކީވެސް ތަރައްގީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ކުޑަ އަދި ބޮޑެތި ހުރިހާ ރަށެއްގައި ބޭސް ފިހާރައިގެ ޚިދުމަތް ލިބެން ފެށުން އެއީވެސް ތަރައްޤީކަމަށް ރައީސް ވިދާޅުވިއެވެ. މިހާ ގިނަ ރަށްތަކެއްގައި ނަރުދަމާ އާއި ފެނުގެ ނިޒާމް ރައީސް ޔާމީނަށް ގާއިމްކުރަންވަން ޖެހިވަޑައިގަނެފައިވަނީ ކީއްވެގެން ތޯ އެމަނިކުފާނު ވަނީ ރައްޔިތުން ކުރެ ސުވާލު އުފައްދާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355