twitterviber whatsapp telegramfacebookyoutube instagram
26th April 2024

އުރީދޫއިން ތިން ސީ އެމްބިއުލާންސް ހަދިޔާކޮށްފި

Jul 18, 2018

އުރީދޫ މޯލްޑިވްސް އިން ރާއްޖެއަށް ތިން ސީ އެމްބިއުލަންސް ހަދިޔާކޮށްފި އެވެ.

އުރީދޫއިން މިކަން ކޮށްފައިވަނީ، ގިނަ ރަށްތަކަކަށް ބެހިފައިވާ ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް މިހާރުވެސް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ސަރުކާރުގެ ސީ އެމްބިއުލަންސް ފްލީޓް އަށް އިތުރު އެހީތެރިކަމެއް ދިނުމުގެ ގޮތުންނެވެ.

ސީ އެމްބިއުލަންސްތައް ހަވާލުކުރުމަށްޓަކައި މިއަދު އިއްޒުއްދީނު ފާލަންކައިރީގައި ކުރިއަށްގެންދިޔަ ހާއްސަ ރަސްމިއްޔާތެެ އުރީދޫ ގްރޫޕްގެ ޗެއާމަން، އައްޝައިޚް އަބްދުﷲ ބިން މުހައްމަދު ބިން ސައުދް އަލް ޘާނީ، މިނިސްޓަރ އޮފް ހެލްތް، އޮނޮރަބަލް އަބްދުﷲ ނާޒިމް އިބްރާހިމް، މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، ހޮނަރަބަލް މުހައްމަދު ސައީދު، މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ، މުހައްމަދު ޒުހެއިރު، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނަރަލް އަހްމަދު ޝާހިދު، އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯ، ވަލީދް މުހައްމަދު އަލް ސާއްޔިދް، އުރީދޫ މޯލްޑިވްސް ބޯޑުގެ ޗެއާމަން، ޚާލިދް ބިން އިބްރާހިމް އަލް މަޙްމޫދު، ޗީފް އޮފް ސްޓާފް އޮފް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަހްމަދު ޝިޔާމް އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން، އަދި ދިވެހި ސަރުކާރު، އުރީދޫ ގްރޫޕް އަދި އުރީދޫ މޯލްޑިވްސްގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

މި އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ރަސްމިއްޔާތުގައި ޔުނައިޓެޑް ނޭޝަންސް އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އިސްކަންދީގެން އުރީދޫ އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ތިންވަނަ ލަނޑުދަނޑި ކަމުގައިވާ “ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަން” އެއީ އުރީދޫއިން ހާއްސަ ސަމާލުކަމެއްދޭ ދާއިރާއެއް ކަމަށާއި މިގޮތުން ސީ އެމްބިއުލަންސް ތަކަށާއި މޮބައިލް ހެލްތް ކްލިނިކްތަކަށް އުރީދޫ އިން ކޮށްފައިވާ އިންވެސްޓްމަންޓަކީވެސް، މި ލަނޑުދަނޑިތަކަށް އެއްބާރުލުން ދިނުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

މޮބައިލް ހެލްތް ކްލިނިކް އަކީ، ދުނިޔޭގެ ތަފާތު އެކި ހިސާބުތަކުގައިވާ އެކަހެރިވެފައިވާ ނުވަތަ މައި ސިޓީތަކާއި ދުރުގައި އުޅޭ މުޖުތަމައުތަކަށް ހިލޭ ބޭސްފަރުވާ ފޯރުކޮށްދީ، ދުޅަހެޔޮ ސިއްހަތެއް ހޯދުމުގެ މައުލޫމާތު ހިއްސާކޮށް މުހިއްމު ވިޓަމިންސް ރައްދުކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަގްސަދަކީ ބެލެނިވެރިންނާއި ކުޑަކުދިންނަށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށާއި އާންމު ބަލިތަކުން ސަލާމަތްވާނެ ގޮތްތައް އުނގަންނައި ދިނުމެވެ. މޮބައިލް ހެލްތް ކްލިނިކްސްގެ ޕާޓްނަރުންނާއި އެކު އުރީދޫ އިން އަމާޒު ކުރަނީ މިފަދަ ޕްރޮގްރާމަކުން އެންމެ ފައިދާކުރާނެ ރަށްތަކުގައި ހެލްތް ކޭމްޕުތައް ބޭއްވުމަށެވެ.

އުރީދޫ އިން މިއަދު ހަދިޔާކޮށްފައިވަނީ، ދެ ބަލިމީހުންގެ އެނދާއި އެކު އިތުރު 12 ޕެސެންޖަރުންނަށް ދަތުރު ކުރެވޭ، 40 ފޫޓުގެ އުޅަނދެވެ. އަދި ދަތުރުވެރިންގެ ރައްކާތެރިކަމަށްޓަކައި ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ސިސްޓަމް ހައްޔަރުކުރެވިފައިވެއެވެ. ހަމައެހެންމެ ކޮންމެ އުޅަނދެއްގައި ވެސް ދެ އޮކްސިޖަން ސިލިންޑަރާއި އެކު، ކޮންމެހެން ބޭނުންވާ އިތުރު ސަލާމަތީ އާލާތްތައް ވަނީ ހިމެނިފައެވެ.

އުރީދޫން ސީ އެމްބުލާސް ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން–

މުޖުތަމައުގެ މަންފާއަށް މަސައްކަތް ކުރާ ކުންފުންޏަކަށް ވެފައި، ދިވެހި ރައްޔިތުންނަށް އިގްތިސާދީ އަދި އިޖްތިމާއީ ފައިދާތައް ކުރާނެފަދަ ހަރަކާތްތައް އުރީދޫ އިން ކުރިއަށް ގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355