twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދެ ކައުންސިލް ގުޅިގެން އިމާރާތްކުރި ދެ ކޮޓަރި އެޕާޓްމަންޓް ނިންމާ، ހުޅުވައިފި

Jul 18, 2018

ހދ. އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން އިމާރާތްކުރި 2 ކޮޓަރީގެ އެޕާޓްމަންޓްގެ މަސައްކަތް ނިންމާ، ހުޅުވައިފި އެވެ.

މިއީ ހދ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން، ކޮންމެ ރަށެއްގައިވެސް ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުއެކެވެ. މިމަޝްރޫއުގެ ބޭނުންމަކީ ރަށު ކައުންސިލުތަކުގެ މާލިއްޔަތަށް ފައިސާ އިތުރުކުރުމެވެ.

ދެ ކޮޓަރީގެ މި އެޕާޓްމަންޓް ހުޅުވައިދެއްވީ މިއަދު ހެނދުނު މިކަމަށްޓަކާއި ބޭއްވި ރަަސްމިއްޔާތެއްގައި ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ހަސަން އާއި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލްލަތީފް ހަސަން އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބުދުލް ލަތީފް ހަސަން ވިދާޅުވީ މިއެޕާޓްމަންޓްގެ ސަބަބުން ކައުންސިލްގެ މާލިއްޔާއަށް ފައިސާ ލިބޭނެ އިތުރު މަގެއް ހުޅުވިގެންދިޔައީ ކަމަށެވެ.

ކުޅުދުއްފުށީގައި ހެދި ދެ ކޮޓަރީގެ އެޕާޓްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވާހަކަދައްކަވަނީ–

އަތޮޅު ކައުންސިލުގެ ރައީސް ހަސަން ހުސެއިން ވިދާޅުވީ އަންނަ އަހަރު އަތޮޅުގެ ފަސް ރަށެއްގައި މިޕްރޮޖެކްޓް ހިންގާނެ ކަމަށާއި އެކަމަށް ކައުންސިލުތަކުން ތައްޔާރުވެ ތިބުމަށް އޭނާ އެދިލެއްވި އެވެ. އެންމެ އަވަހަށް މަސައްކަތް ނިންމާލީތީ ހުސެއިން ވަނީ ކުޅުދުއްފުށީ ކައުންސިލަށް ޝުކުރުއަދާކުރައްވާފަ އެވެ.

ދެ ކޮޓަރީގެ މިމަޝްރޫއުއަށް އަތޮޅު ކައުންސިލުން 175،000ރ ދީފައިވާއިރު ކުޅުދުއްފުށީ ކައުންސިލުން ތިންލައްކަ ފަންސާސް ހާސް ރުފިޔާ މިޕްރޮޖެކްޓަށް ހަރަދުކުރި އެެވެ. ވޭވްލައިނާ ހަވާލުކުރެވިގެން އިމާރާތްކުރި މިތަން ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި އެވެ. ދެ ކޮޓަރީގެ މިއެޕާޓްމަންޓް އިމާރާތްކޮށްފައިވަނީ މާވާގެ ކައިރީގައި އޮންނަ ހުސް ބިމުގަ އެވެ.

ދެ ކައުންސިލް ގުޅިގެން ކުޅުދުއްފުށީގައި ހެދި ދެ ކޮޓަރީގެ އެޕާޓްމަންޓް —

ކުޅުދުއްފުށީގެ އިތުރުން މިމަޝްރޫއު ވަނީ ނެއްލައިދޫ އާއި ކުމުންދޫގައި ފަށާފައި އެވެ.  މިމަޝްރޫއުގެ ދަށުން މިދައުރުގައި ހދ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގައި ތަރައްގީގެ މަޝްރޫއުއެއް ހިންގާނެ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355