twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ކެލާގެ ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފަށައިފި

Jul 18, 2018

ހއ ކެލާގެ ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް މިއަދު ފައްޓަވައި ދެއްވައިފި އެވެ.

މިހާރު ހދ އަދި ހއ ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސް މި ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ މިއަދު މެންދުރު ފަހު ކެލައަށް ވަޑައިގެނެވެ.

ކެލާގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއާ އެވެ. އެގޮތުން މި މަޝްރޫއާއިއެކު އެ ރަށުގައި ޕަމްޕް ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަކުރުމާއި، އޭގެ މައްޗަށް ބިނާކޮށް ޑިޒައިން ކުރުމާއި އީއައިއޭ ގެ މަސައްކަތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި މަޝްރޫއުގެ ދަށުން ރަށުގައި ހަތަރު ޕަމްޕް ސްޓޭޝަން ބަހައްޓައި 14.15 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމުކޮށް ރަށުގެ 409 ގެޔަކަށް މި ހިދުމަތް ވަނީ ދީފަ އެވެ..

51.2 މިލިއަން ރުފީޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަމަލީ މަސައްކަތް 2015 ވަނަ އަހަރުގެ މާޗް މަހުގެ 30 ގައި ފަށާފައިވާ އިރު އެ މަސައްކަތް ނިންމާލާފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

މި މަޝްރޫއުގެ ދަށުން ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 135 މީޓަރުގެ އައުޓް ފޯލް ހޮޅިއެއްވެސް ވަނީ އަޅާފައެވެ. މި ނިޒާމު ހިންގާ ބެލެހެއްޓުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355