twitterviber whatsapp telegramfacebookyoutube instagram
3rd November 2025

ބާރަށުގައި ހެދި ޒަމާނީ މެރީނާ ސްޓައިލް ޖެޓީ ރަސްމީކޮށް ހުޅުވައިފި

Jul 18, 2018

ހއ ބާރަށުގައި ހަދާފައިވާ މެރީނާ ސްޓައިލް ޖެޓީ ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ހުޅުވައިދެއްވައިފި އެވެ.

މިއަދު ހަވީރު ބާރަށް ވަޑައިގެން ރައީސް ޔާމިން ހުޅުވާދެއްވި މި ޖެޓީއަކީ ސަރުކާރުން 22 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ޖެޓީ އެކެވެ.

މި ޖެޓީގައި ޔޮޓް މެރީނާ އާއި ޕެސެންޖާ އޭރިޔާ ހަދާފައިވާނީ ލަކުޑިން ޑެގް އަޅައިގެންނެވެ. ޖެޓީގައި ހިމެނޭ ބާކީ ބައި ހަދާފައިވަނީ ކޮންކްރީޓުންނެވެ.

އެމް.ޓީ ހޯގާރޑާއި ހަވާލުކޮށްގެން ހއ ބާރަށުގައި ހަދާ މި ބަނދަރުގެ މަސައްކަތު އެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި މިފަދަ ގޮތަކަށް ފަރުމާކޮށްގެން ހަދާ ފުރަތަމަ ޖެޓީ އެވެ.

ހދ އަތޮޅާ ހއ އަތޮޅަށް މިހާރު ރައީސް ކުރަމުން ގެންދަވާ ދަތުރުފުޅުގައި ބާރަށް ވަޑައިގެންނީ އެއަތޮޅު ދިއްދޫއަށް ވަޑައިގެން ސަރުކަރުން އެރަށުގައި ކުރިއަށްގެންދެވި 4 މަޝްރޫއެއްގެ ނިމުން ފާހަގަ ކުރެއްވުމަށްފަހުއެވެ. މި ދަތުރުފުޅުގައި ރައީސް ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ ހަނިމާދޫ އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355