twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަފީފުއްދީން ސްކޫލުގެ 07 ވަނަ އެތުލެޓިކްސް މުބާރާތުގެ އެއްވަނަ ޣާޒީހައުސް ހޯދައިފި

Apr 4, 2011

އިބްރާހިމް ހަމީދު

އަފީފުއްދީން ސްކޫލުގެ 07 ވަނަ އެތުލެޓިކްސް މުބާރާތުން 209 ޕޮއިންޓާއެކު ޣާޒީހައުސް އެއްވަނަ ހޯދައިފިއެވެ.

މިމަހު 01 އިން 02 ކަށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދިޔަ މިމުބާރާތުގެ އެއްވަނަ ޣާޒީ ހައުސްއަށް ލިބުނުއިރު 166 ޕޮއިންޓާއެކު ދެވަނައަށް ހޮވިފައިވަނީ އަމީނީ ހައުސްއެވެ. އަދި އެތުލެޓިކްސް މުބާރާތުން ތިންވަނަ ޓީމަކަށް ހޮވުނީ   104ޕޮއިންޓާއެކު ފަރީދީ ހައުސްއެވެ.

މައިގަނޑު ތިން އުމުރުފުރާއަކަށް ބަހާލެވިގެން ކުރިޔަށްދިޔަ މިމުބާރާތުގެ އެގާރަ އަހަރުން ދަށުގެ ބެސްޓް ފިރިހެން އެތުލީޓަކަށް ހޮވިފައިވަނީ ޣާޒީ ހައުސްގެ ހުމައިދު ހަސަނެވެ. އެއުމުރުފުރާގެ ބެސްޓް އަންހެން އެތުލީޓަކަށް ހޮވިފައިވަނީ އަމީނީ ހައުސްގެ އައިޝަތު އާތިފާ އަލީއެވެ.

ތޭރަ އަހަރުން ދަށުން ފިރިހެން ކުދިންގެ ބައިން ބެސްޓް އެތުލީޓުންނަށް ހޮވިފައިވަނީ ޣާޒީހައުސްގެ އަލީ ޒަކަރިއްޔާއާއި އަމީނީ ހައުސްގެ ހަސަން ނިސާތުއެވެ. އަދި މިބައިން ބެސްޓް އަންހެން އެތުލީޓަކަށް ހޮވިފައިވަނީ  ޣާޒީހައުސްގެ ސާދިޔާ ޖައުފަރެވެ.

އަފީފުއްދީން ސްކޫލުން ކޮންމެ އަހަރެއްގައިވެސް ބާއްވަމުން އަންނަ މިމުބާރާތުގައި މިއަހަރު ފަނަރަ އަހަރުންދަށުގެ ފިރިހެންކުދިންގެ ބައިން ބެސްޓް އެތުލީޓަކަށް ފަރީދީހައުސްގެ ހަސަން މުހައްމަދު ހޮވުނުއިރު އަންހެން ކުދިންގެ ބައިން ދެކުއްޖަކުވަނީ ބެސްޓު އެތުލީޓުންނަށް ހޮވިފައެވެ. އެއީ ޣާޒި ހައުސްގެ އިނާޝާ މޫސާ އާއި އަމީނީ ހައުސްގެ ހަބީބާ އެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށާއި ވަނަވަނައަށް ދިޔަ ކުދިންނަށް ތައްޓާއި އިނާމް ބައްސަވައި ދެއްވީ ކުޅިވަރުގެ މައިދާނުގައި އަދި އެތުލެޓިކްސް ހަރަކާތްތައް ކުރިއަރުވަން ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ އާދަމް އިސްމާއީލް (ދެބުދާރުގެ) އެވެ.

އެތުލެޓިކްސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވަމުން ކުޅުދުއްފުށީގެ ކައުންސިލްގެ ރައީސް ޖަމްޝީދު ވަނީ މާޒީގެ މުބާރާތްތަކުގައި ބައިވެރިވި ކުޅުދުއްފުށީގެ ތަރިންނަށް ސްކޫލުތަކުން ބާއްވާ މުބާރާތްތައް ޝަރަފްވެރިކޮށްދިނުމުގެ ފުރުސަތު ދެއްވުމަށް އިލްތިމާސްކޮށްފައެވެ.

އަފީފުއްދީން ސްކޫލުގެ ސްޕޯރޓްސް ސުޕަވައިޒަރު އިބްރާހިމް އައްބާސް ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މިމުބާރާތަކީ ވަރަށް ކާމިޔާބު މުބާރާތެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355