twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީ ބޮޑު އެއާޕޯޓަކަށް ބަދަލު ވެގެންދާނެ: ރައީސް

Jul 19, 2018

ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ ފުރަތަމަ އަހަރުގެ ތެރޭގައި ހދ.ހަނިމާދޫ އެއާޕޯޓް އިތުރަށް ބޮޑުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ހަނިމަދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހަނިމާދޫގެ އެއާޕޯޓަކީ މިވަގުތު ބޮޑެތި ބޯޓްތައް ޖެއްސޭވަރުގެ އެއާޕޯޓެއް ނޫންކަމަށާއި، ހދ އަތޮޅުގައި 3000 ޓޫރިސްޓް އެނދު ތަރައްގީ ކުރެވޭއިރު ހަނިމާދޫ އެއާޕޯޓް ވާންޖެހޭނީ އަމިއްލަ ފަރާތްތަކުގެ ޖެޓް ޖެއްސޭވަރުގެ އެއާޕޯޓަކަށް ކަމަށެވެ،

މައި ނާރެސްގެ ގޮތުގައި ހދ އަތޮޅުގައި އޮތީ ހަނިމާދޫ އެއާޕޯޓް ކަމަށާއި އެެހެންކަމުން މިޒަމާނުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަކަށް ހަނިމާދޫ އެއާޕޯޓް ހެދުން މިވަނީ މަޖުބޫރުކަމަކަށް ވެފައިކަމަށް ރައީސް ވިދާޅުވި އެވެ.

“ހަނިމާދޫ އެއާޕޯޓަކީ މިހާރު ބޮޑެތި މަތިންދާބޯޓް ޖެއްސޭފަދަ އެއާޕޯޓެއްނޫން. އަދި 3000 އެނދު މި ސަރަހައްދުގައި އިތުރުވެގެންދާއިރު މުއްސަނދިން ޕްރައިވެޓް ޖެޓްގައި އައިސް ދަތުރުކުރެވޭވަރުގެ އެއާޕޯޓެއް ނޫން މި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި އަންނަ 5 އަހަރު އެންމެ ކުރީކޮޅު ހަނިމާދޫ އެއާ ޕޯޓް ބޮޑުވެގެން ދާނެ” ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ޓޫރިސްޓް އެނދުތައް އިތުރުވެ ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރެވުމުން އޭގެ އެންމެ ބޮޑު މަންފާއެއް ލިބޭނީ ހަނިމާދޫގެ ރައްޔިތުންނަށް ކަމަށާއި ހަނިމާދޫއަކީ ގެސްޓްހައުސް ހިންގުމާއި ޓޫރިޒަމްގައި މުސްތަގުބަލެއް އޮތް ރަށެއްކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ހދ އަދި ހއ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފަހު މަންޒިލެއްގެ ގޮތުގައި ރައީސް މިއަދު ހަނިމާދޫއަށް ވަޑައިގެންނެވީ އެރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވުމަށްޓަކައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355