twitterviber whatsapp telegramfacebookyoutube instagram
15th September 2025

މަކުނުދޫ، ނެއްލައިދޫ އަދި ނޭކުރަންދޫގައި ނަރުދަމާ ނިޒާމު ގާއިމްކުރަނީ

Jul 19, 2018

ހދ އަތޮޅުގެ އިތުރު ތިން ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން މިއަދު އިއުލާންކުރައްވައިފި އެވެ.

ހދ ހަނިމާދޫގެ ނަރުދަމާ ނިޒާމު ރަސްމީކޮށް ފައްޓަވައިދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހދ އަތޮޅުގެ އިތުރު ތިން ރަށެއްގައި ނަރުދަމާ ގާއިމުކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ހދ މަކުނުދޫ، ނެއްލައިދޫ އަދި ނޭކުރަންދޫގައި ނަރުދަމާގެ ހިދުމަތް ގާއިމްކުރާނެ ކަމަށް ރައީސް ވަނީ އިއުލާނުކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ އެރަށްރަށުގައި ނަރުދަމާގެ ހިދުމަތް ގާއިމުކުރަނީ އޮފިޑް ފަންޑުގެ ދަށުން ކަމަށާއި އެ އެހީގެ ބައެއް މިއަހަރުގެތެރޭގައި ހަމަޖެހި އެމަސައްކަތް ފެށޭނެކަމަށް އުންމީދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިކަންކަމާއެކު މިރަށްތަކުގައި އުޅޭ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ހަނިމާދޫގައި ތަރައްގީގައި ގިނަ މަސައްކަތްތަކެއް މިސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ހަނިމާދޫގެ ތަރައްގީއަށް 228 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ފާއިތުވެ ދިޔަ ސަރުކާރުގައި އެރަށުގެ ތަރައްގީއަށް ހިންގިފައިވަނީ 5 މިލިއަން ރުފިޔާ ޕްރޮޖެކްޓްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355