twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ސްޕަރ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމެއް އަންނަނީ

Jul 19, 2018

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސްޕަރ ސްޕެސަލިސްޓުންގެ ޓީމެއް ބަލިމީހުން ބެލުމަށް ހަމަޖެހިއްޖެއެވެ.

މި މަހު 21 ން 23 އަށް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަލިމީހުން ބެލުމަށް ހަމަޖެހިފައިވާ ޑޮކްޓަރުން ފަރުވާ ދެއްވުމަށް ހަމަޖެހިފައިވާ ބަލިތަކަކީ ކިޑުނީގެ ބަލިތަކަށް ކުޑަކަމުދާ ނިޒާމްގެ ބަލިތަކަށް އަދި ދަރިމައިވުމާގުޅޭ ބަލިތަކެވެ.

މި ޕްރޮގްރާމަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައިޖީއެމްއެޗާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޓީމުގައި ހިމެނޭ ޑޮކްޓަރުންނަކީ ޑޮކްޓަރ އަޝްވިނި، ޑޮކްޓަރު ކިރަން ޗަންދްރާ އަދި ޑޮކްޓަރ ކުމާރު ޕްރަބޫ އެވެ.

މި ޑޮކްޓަރުންނަށް އެޕޮއިންޓްމެންޓް ހެދުން މާދަމާ މެންދުރުފަހު 14:00 އިން ފެށިގެންދާނެ އެވެ. އެޕޮއިންޓްމެންޓް ހެއްދުމަށް ގުޅުއްވާނީ 6528864 ނަންބަރާއެވެ.

މީގެ އިތުރުން އަންނަ ހަފްތާތެރޭގައި ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަލިމީހުން ބެލުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މިނިސްޓްރީ އޮފް ހެލްތާއި ޕާކިސްތާނު އެމްބަސީ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްގެންދާ ހެލްތު ކޭމްޕެއްގެ ތެރެއިން ނާރުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް މިމަހު ކުރީކޮޅު ވަނީ އެހޮސްޕިޓަލުގައި ބަލިމީހުން ބަލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355