twitterviber whatsapp telegramfacebookyoutube instagram
14th June 2025
ADVERTISEMENT

މާފިނޮޅު އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

Jul 21, 2018

ހއ. މާފިނޮޅުގައި ތަރައްގީކުރާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މާފިނޮޅު ބިން ހިއްކުމުގެ މަސްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.

އެރަށުގައި އެއަރޕޯޓް ތަރައްގީކުރުމަށް 7816 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ހަމަޖެހިފައިވާއިރު، ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ އިތުރުން، އެރަށުގައި 888 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މާފިނޮޅުގައި ތަރައްގީކުރަން ހަމަޖެހިފައިވާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް އެމް.ޓީ.ސީ.ސީގެ ބިން ހިއްކާ ޑްރެޖަރ “މަހާ ޖައްރާފު” މިހާރު އޮތީ އެ ރަށުގައި ބަނދަރުކޮށްފައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ފަށާތާ މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށްވެސް އެމްޓީސީސީން ހާމަކުރެޔެވެ.

މާފިނޮޅުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ 1200 މީޓަރުގެ ދިގު ރަންވޭއަކާއެކު ޑޮމެސްޓިކް އެއަރޕޯޓެކެވެ. އަދި މި އެއަރޕޯޓުން އެންމެފަހުގެ ޒަމާނީ ހިދުމަތްތައް ލިބޭނެކަމަށްވެސް ހާމަ ކުރެޔެވެ.

ހއ. މާފިނޮޅުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށިއިރު، ހދ. ކުޅުދުއްފުށީގައިވެސް ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com