twitterviber whatsapp telegramfacebookyoutube instagram
25th October 2026

ހދ އަތޮޅަށް ހުޅުވާލައިގެން ހޭންޑް ބޯލް ފެސްޓިވަލެއް، ރަށުން ބޭރު ޓީމުތަކުގެ ހުރިހާ ހަރަދެއް ހިލޭ !

Jul 22, 2018

ހޭންޑް ބޯލް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ޑަބްލިޔު ސްޕޯޓްސް އެކަޑަމީ ގުޅިގެން ޖުމްހޫރީ 50 ގުޅުވައިގެން ބޮޑު ހޭންޑް ބޯލް ފެސްޓިވަލެއް ބާއްވަން އިއުލާންކޮށްފި އެވެ.

ޖުމްހޫރީ 50 ހޭންޑް ބޯލް ފެސްޓިވަލް 2018 ގެ ނަމުގައި ހޭންޑް ބޯލް މި ފެސްޓިވަލު އޮންނާނީ ކުޅުދުއްފުށީގައި އެވެ. މުޅި އަތޮޅަށް މިމުބާރާތުގައި ބައިވެރިވުމަށް ވަނީ ހުޅުވާލާފަ އެވެ.

ހދ އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފެސްޓިވަލަކީ ހަމަ އެކަނި ފިރިހެނުންނަށް އަމާޒު ކޮށްގެން ކުރިއަށްގެންދާ ފެސްޓިވަލް އެކެވެ.

ޑަބުލިއު ސްޕޯޓްސް އެކަޑަމީގެ އޮފިޝަލަކު ކޭއޯއާގައި ވާހަކަދައްކަަވަމުން ވިދާޅުވީ މިމުބާރާތުގައި ބައިވެރިވާ ރަށުން ބޭރުގެ ޓީމްތަކަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެޓީމުތަކުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނީ އިންތިޒާމްކުރާ ފަރާތުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޯގަސްޓް 30 ން 01 ސެޕްޓެމްބަރ އަށް އޮންނަ މި ފެސްޓިވަލްގައި ބައިވެރިވުމުގެ ސުންގަޑިޔަކީ މި ޖުލައި މަހުގެ 25 ވަނަ ދުވަހެވެ. އަދި ބައިވެރި ވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 7948311 އަށް ގުޅުމަށް ވެސް އެ ފަރާތުން އެދެ އެވެ.

ޑައުބިއު ސްޕޯޓްސް އެކަޑަމީން އަންނަ ރަށު ފެންވަރުގައި އާއި އަތޮޅު ފެންވަރުގައި ތަފާތު ކުޅިވަރުތަކުގެ ވަރުގަދަ ބޮޑެތި މުބާރާތްތައް ބާއްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293