twitterviber whatsapp telegramfacebookyoutube instagram
19th February 2026

ތެލެސީމިއާ ޕޭޝަންޓް ކޮންފަރެންސް ނިންމާލައިފި

Jul 22, 2018

ތެލެސީމިއާއަށް ހޭލުންތެރިކޮށް، ލޭ އަޅާ ކުދިންނާއި، އެކުދިންނަށް ފަރުވާދޭ ފަރާތްތަކަށް ހާއްސަކޮށްގެން މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީން ބޭއްވި ކޮންފަރެންސް ނިންމާލައިފި އެވެ.

ނޭޝަނަލް ތެލެސީމިއާ ޕޭސަންޓް ކޮންފަރެންސް ގެ ނަމުގައި ބޭއްވި ކޮންފަރެންސަކީ، ތެލެސީމީއާ ގުޅޭ މައުލޫމާތާއި، ތެލެސީމީގެ ފަރުވާ ހޯދުމުގެ މުހިންމުކަން އަންގަައިދީ، ތެލެސީމިއާ ކުދިން އެއްތަނަކުން ބައްދަލުވެ، މައުލޫމާތު ބަދަލުކުރުމަށް ބޭއްވި ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮންފަރެންސްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދީފައިވަނީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް އިބްރާހިމެވެ.

12 އަހަރުން މަތީގެ ތެލެސީމީއާ ފަރާތްތަކަށް ހާއްސަކޮށްގެން ބޭއްވި މި ކޮންފަރެންސްގައި 60 ތެލެސީމިއާ ޕޭޝަންޓުން ބައިވެެރިވިއެވެ. މީގެތެރޭގައި އަތޮޅުތަކުގައި ދިރިއުޅޭ 18 ޕޭޝުންޓުންވެސް ހިމެނެއެވެ.

މި ކޮންފަރެންސްގައި ތެލަސީމިއާ ބައްޔާބެހޭ އެމެރިކާގެ ތަޖުރިބާކާރު ޕޭޝަންޓެއްކަމަށްވާ މަރިއާ ހާޖީޑިމިޓްރޫ ބައިވެރިވެ ޑޮކްޓަރުންނާއި، ޕޭޝަންޓުންނަށް މައުލޫމާތު ދީފައިވެއެވެ.

މިއީ ތެލެސީމިއާ ސޮސައިޓީން އިންތިޒާމުކޮށްގެން ބޭއްވި މިފަދަ ދެވަނަ ކޮންފަރެންސެވެ. އެންމެ ފުރަތަމަ ކޮންފަރެންސް އަމާޒުކޮށްފައިވަނީ ޑޮކްޓަރުންނަށެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސްގެ ދަފްތަރުގައި ރަޖިސްޓްރީވެ ތެލެސީމިއާ ބަލީގައި ލޭ އަޅާ 632 ކުއްޖަކު އެބަތިއްބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355