ސަރުކާރުން ކުޅުދުއްފުށީގައި ގާއިމްކުރާ އެއާޕޯޓްގެ މަސައްކަތްތަށް ކުރަމުންދާއިރު މިހާރު ކުރަމުންދަނީ ރަންވޭ އަޅައި ސަރަހައްދުގެ ބިންގަނޑު ހަރުކުރުމުގެ މަސައްކަތްތަކެވެ.
ކުޅުދުއްފުށީގައި އެއާޕޯޓް ހެދުމަށް ފަޅުތެރެއިން 6 ހެކްޓަރުގެ ބިން، އަދި ކުޅިން 9 ހެކްޓަރުގެ ބިން ހިމެނޭހެން ޖުމްލަ 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.
އެއާޕޯޓަށް ހިއްކާފާއިވާ ސަރަހައްދުގެ ބިން އެއްވަރު ކުރުމާއި ޝޯވ ޕްރޮޓެކްސަންގެ މަސައްކަތް ކުރަމުންދާއިރު، އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކުޅުދުއްފުށީ އެއާޕޯޓް މަސްރޫއުގެ ދަށުން 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި ޓެކްސީވޭއާއި އެއަރ ކްރާފްޓްތައް ޕާކު ކުރުމަށްޓަކާ އޭޕްރަނެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
ރަންވޭ އެޅުމަށް ބޭނުންވާ ހިލައާއި ހިލަވެލި މިހާރު ކުޅުދުއްފުއްޓަށް ވަނީ ގެނެސްފައިފަ އެވެ. އެއާޕޯޓްގެ މަސައްކަތްތަށް މި ފޮޓޯތަކުން ބަލާލަމާ ހިނގާށެވެ.