twitterviber whatsapp telegramfacebookyoutube instagram
24th April 2024

ބަނދަރު ގަވައިދުތައް ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ކުޅުދުއްފުށީ ކައުންސިލުން ފަށައިފި

Jul 25, 2018

ކުޅުދުއްފުށީ ލޯކަލް ބަނދަރު ބޭނުންކުރުމުގައި ކައުންސިލުން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތައް ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ކުޅުދުއްފުށީ ކައުންސިލް ފަށައިފި އެވެ.

ގަވައިދުތައް ތަންފީޒުކުރަނީ އެކަމަށް ހާއްސަކޮށް ނެގި މުނިސިޕަލް މުވައްޒަފުން ލައްވާ އެވެ. އެމުވައްޒަފުން ޑިއުޓީގައި ހަރަކާތްތެރިވާއިރު ކައުންސިލުން ދޫކޮށްފައިވާ ކާޑެއް އޮންނާނެ އެވެ. ބަނދަރު ގަވައިދުތައް ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށާފައިވާއިރު ދުވާލުގެ 12 ގަޑިއިރު ބަނދަރު ސަރަހައްދު ބަލަމުންގެންދާނެ އެވެ. އަދި އެވަގުތުތަކުގައި ބަނދަރުގައި އޮޑިދޯނި ފަހަރު އަޅާފައި އޮންނަނީ ދޯނި ފަހަރަށް ހާއްސަ ސަރަހައްދުތަކުގައި ތޯ އާއި ބަނދަރުގައި އޮޑި ދޯނި ފަހަރު އަޅާފައި އޮންނަނީ ކައުންސިލުން ހަދާފައިވާ ގަވައިދުތަކާ އުސޫލުތަކާ އެއްގޮތަށް ތޯ ބަލައި ގަވައިދުތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރާނެ އެެވެ.

ކޭއޯގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް ވިދާޅުވީ ބަނދަރު ގަވައިދުތައް ތަންޒީފުކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ފެށިފައިވާއިރު ބަނދަރު ސަރަހައްދު އަދި ބަލަމުންގެންދާނީ ދުވާލުގެ 12 ގަޑިއިރު ކަމަށެވެ. ނަމަވެސް އިތުރު ވަގުތުތަކުގައި ހަރަކާތްތެރިވާނެ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކައުންސިލުން ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ގަވައިދުތައް ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ހުރިހާ ފަރާތްތަކެއް އެހީތެރިކަން ފޯރުކޮށްދިނުމަށް އަލީ ހާޝިމް އެދިލެއްވި އެވެ.

އަލީ ހާޝިމް ވިދާޅުވީ ބަނދަރުގެ ގަވައިދުތައް ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ގަވައިދުތައް ތަންފީޒުކުރަމުންގެންދާ ކައުންސިލާ ފުލުހުންގެ އެހީތެރިކަމާއެކު އެވެ

އެކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން މީގެ ކުރިން ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބަނދަރު ބޭނުންކުރުމުގައި ބައެއް ފަރާތްތަކުން އަމަލުކުރަމުންދަނީ ބަނދަރު ބޭނުންކުރުމުގައި ހަދާފައިވާ ގަވައިދުތަކާ ހިލާފަށް ބާރު ގަދަ މީހުން ބޭނުން ގޮތަކަށް ކަމަށެވެ. އެފަދަ ކަންކަމުގެ ސަބަބުން ގަވައިދުތަކަށް އުޅޭ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވެ، އެކައުންސިލަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ އެފަދަ ކަންކަން ހައްލުކޮށް ބަނދަރު ބޭނުންކުރުމުގެ ހުރިހާ ފަރާތްތަކަކަށް ހަމަހަމަ އުސޫލުން ގަވައިދު ތަންފީޒުކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުންގެންދާ ކަމަށެވެ.

ތަފާތު އެކި ބޭނުންތަކަށް ކޮންމެ ދުވަހަކުވެސް ކައިރި އަތޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ކުޅުދުއްފުއްޓަށް އަންނައިރު ބަނދަރުގައި އޮޑިދޯނި ފަހަރު ބައެއް ފަރާތްތަކުން އަޅާފައި އޮންނަގޮތުން ގިނަ ބަޔަކަށް ބަނދަރު ބޭނުންކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެ އެވެ. މިގަވައިދު ތަންފީޒުކުރަން ފެށުމުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ލަފާ ފުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355