twitterviber whatsapp telegramfacebookyoutube instagram
15th August 2026

ނައިވާދޫ ސްކޫލް ގޯތިތެރޭގައި ހުރި ގަބުރު ކަށިތަކެއް ނެގުމަށް 1.3 މިލިއަން ރުފިޔާ !

Jul 25, 2018

ހދ . ނައިވާދޫ ސްކޫލް ގޯތިތެރޭގައި ހުރި ގަބުރު ކަށިތަކެއް ކޮނެ ނެގުމަށް ދައުލަތު ބޮޑު ހަރަދެއްކޮށްފައިވާކަން “ރަށްވެހި ތަރައްގީ” ފޮތުން ހާމަވެއްޖެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާކަމަށް ބުނާ މަޝްރޫއުތަކުގެ މައުލޫމާތު ހިމެނޭ “ރަށްވެހި ތަރައްޤީ” ފޮތުގައި ހާމަކޮށްފައިވާ ގޮތުން ނައިވާދޫ ސްކޫލްގައި ހުރި ގަބުރުތަކެއް ކޮނެ ނެގުމަށް ދައުލަތުން ބޮޑު ހަރަދެއް ކޮށްފައިވެ އެވެ.

އެގޮތުން އެކަމަށް 1.32 މިލިއަނަށްވުރެ ގިނަ ފައިސާ ހަރަދުކޮށްފައިވެ އެވެ. މިހާ ބޮޑު ހަރަދެއް މިކަމަށް ކޮށްފައިވާތީ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ވަކިވަކިން ހިމަނައި ތައްޔާރުކޮށްފައިވާ “ރަށްވެހި ތަރައްޤީ”ގެ އެކި މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތަކަށް ކަމާ ނުބައްދަލު ހަރަދުކޮށްފައިވާކަން އެފޮތުން ހާމަވެ އެވެ.

ރައީސް އޮފީހުން ނެރެފައިވާ އެފޮތުގައިވާގޮތުން ނައިވާދޫގައި މިސަރުކާރުން 10.8 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގާފައިވެ އެވެ. އެއީ ހަތަރު ދާއިރާއަކުން ހަތް މަޝްރޫއުކަމަށްވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355