twitterviber whatsapp telegramfacebookyoutube instagram
29th July 2025

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

Jul 26, 2018

އަންނަ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިލެކްސަންސް ކޮމިސަނުން އިތުރުކޮށްފިއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އިލެކްސަންސް ކޮމިސަނުން ކުރިން ހުޅުވާލި މުއްދަތަކީ އަން އޮގަސްޓް މަހުގެ 4 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ކަމަށެވެ. އެހެންނަމަވެސް މިމުއްދަތު އިތުރުކޮށް އެކޮމިސަނުން ކުރި އިއުލާނުގައި ހާމަ ކޮށްފައިވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.

އިންތިހާބަށް ކުރިމަތިލާ ފޯމު ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް ކަމަށެވެ. އަދި ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ކަމަށްވެސް އިލެކްސަންސް ކޮމިސަނުން ހާމަ ކުރެޔެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355