twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސީޓީއެމްގެ ދިވެހި ބޭހުގެ މެޑިކަލް ކޭމްޕު ކުޅުދުއްފުށީގައި ކުރިއަށް ދަނީ

Jul 26, 2018

ސެންޓަރ ފޯރ ޓްރެޑިޝަނަލް މެޑިސިން އިން ކުޅުދުއްފުށީ ގައި ހިންގުމަށް ހަމަޖެހުނު ދިވެހި ބޭހުގެ މެޑިކަލް ކޭމްޕަ އިއްޔެ ފަށައިފި އެވެ.

ކުޅުދުއްފުށީ ގަހަނާގައި ކުރިއަށްގެންދާ މި ކޭމްޕު ހެނދުނު 8 ން ރޭގަނޑު 11 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ސީޓީއެމްއިން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ އެޕޮއެންޓްމެންޓް ހަދާފައި ތިބި މީހުންގެ އިތުރުންވެސް އަންނަ މީހުންނަށް ފަރުވާދެމުންދާ ކަމަށާއި މިހާރު ކޭމްޕް އޯގަސްޓް 3 ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ކޭމްޕުގައި ހިދުމަތްދޭ ބަލިތަކަކީ

– ރާއްޖެ ބަލީގެ ތަފާތު އުނދަގޫތަށް

– މައިކައްޓާއި އުނަގަނޑުގެ ރިހުމަށް

– އަކުނިވަޔަށް ދެމުން، ނާރުތަކުގައި ގޮށްލުން، އައްސިވުން

– ތުރުތުރު އެޅުމާއި ވާގިނެތުން

– ޖެހިތަދުވެ ހާނިކަވުން، ކަށިގަނޑުގައި ރެދުލުން

– ފައިފުރޮޅުމާއި، ހުޅުނެއްޓުން

– ތަންތަނަށް ތަދުއެރުން، ނާރުއެރުން

– ބަނޑުގައި އުފެދޭ ވަޔަށް ( ގޭސްޓްރިކް މައްސަލަތައް)

– ދުވަސްވީ ހޮޑުލުމަށާއި، މޭނުބައިކުރުން

– މެއިން ދިލަ ނެގުމާއި އެތެރެ ހަށީން ހޫނުއެރުމަށް

– މައިދާއާއި ގޮހިރުގެ ފާރުހިކުމަށް

– ޕައިލްސް އުދަގޫތަކަށް (ބަނޑުހިކުމާއި، ފުރަގަސްފަރާތު ބަލިތަކަށް)

– އަރިދަފުސް ރޯގާއާއި، ކެއްސުން

– ނޭވާހިއްލުމަށާއި، ނޭވާލާން ދަތިވުން

– ބޯއެބުރުމާއި ބޮލުގަރިހުމަށް

– ބޮލުން ހަން ފޮޅުމާއި، އިސްތަށިފޭބުމަށް

– ކުޑަކަމުދިއުމާއިބެހޭ ނިޒާމުގެ މަސައްކަތް ރަނގަޅުކުރުމަށް

– ކުޑަގިފިލު ދަތިވުމަށާއި، ކުޑަކަމުދާ ހޮޅު ސާފުކުރުމަށް

– ގައިކެހުމާއި ފިއްނެގުމަށް

– ދަދު ފަދަ ތަފާތު ހަމުގެ ބަލިތައް

އެ ކްލިނިކުގެ ފަރާތުން ބަލި މީހުން ބެލުމަށް އިސް މީހަކަށް ހުންނަވަނީ ސީޓީއެމްގެ ސީނިއަރ ޓްރެޑިޝަނަލް ފްރެކްޓިޝަނަރ މުހައްމަދު އަހުމަދެވެ. ނަމަވެސް ބަލި މީހާއަށް ބޭނުންވާ އިތުރު ފަރުވާ ފޯރުކޮށްދިނުމަށް އެކުލިނިކުގެ ބޭފުޅުން ކޭމްޕް ކުރިއަށްދާ ވަގުތު އެތަނުގައި ހަރަކާތްތެރިވާނެ އެވެ..

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355