twitterviber whatsapp telegramfacebookyoutube instagram
3rd November 2025

ސިޔާސީ ދާއިރާއަށް ވަންނަ ވަރަށް ވުރެ އަހަރެން އަދި ހަގު: ކަންގްނާ

Jul 29, 2018

ކަންގްނާ ރަނާވަތަކީ ބޮލީވުޑްގެ ތަރިންގެ ތެރެއިން ބުނާ ބަހުގައި ހިފަހައްޓާ، ބޭނުންވާ އެއްޗެއް ބުނަން ކެރޭ މަދު ތަރިންގެ ތެރެއިން ހިމެނޭ ތަރިއެކެވެ. އަމިއްލަ މަސައްކަތުން ބޮލީވުޑްގައި ކުރިއަރަމުން އަންނަ މަދުތަރިންގެ ތެރެއިންވެސް އެއްތަރިއެވެ.

ދާދި ފަހުން ބޭއްވި ފެޝަން އިވެންޓެއްގައި ކަންގްނާ ވަނީ ޝޯ ސްޓޮޕާގެ ގޮތުގައި ރޭމްޕުގައި ހިނގާލާފައެވެ. ޝޯ ނިންމުމަށްފަހު ނޫސްވެރިން ސިޔާސީ ދާއިރާއަށް ވަނުމާއި ބެހޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން ކަންގްނާ ބުނީ އޭނާ އަދި ސިޔާސީ ދާއިރާއަށް ވަންނަ ވަރަށް ވުރެ ޅަ ކަމާއި އެކަންކަމާއި ބެހޭގޮތުން މާބޮޑު އެއްޗެއް ނޭގޭކަމަށެވެ.

ގައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެގައުމުގެ ސިފައިން ތިބެނީ ގުރުބާން ވާ ތައްޔާރަށް ކަމަށާއި އެގޮތުން ގައުމު އޭނާގެ ބޭނުން ޖެހިއްޖެނަމަ ކޮންމެ ކަމެއްވެސް ކުރުމަށް ތައްޔާރަށް ހުރި ކަމަށް ކަންގްނާ ބުންޏެވެ.

ކަންގްނާގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު އިންޑިޔާގެ ތާރީހު ދައްކުވައިދޭ “މަނިކާނިކާ: ދަ ކްއީން އޮފް ޖާންސީ” އަދި ރާޖްކުމާރު ރާއޯ އެކީ ކުޅުމަށް ހަމަޖެހިފައިވާ މެންޓަލް ހޭ ކިޔާ ހިމެނެއެވެ. އެގޮތުން މަނިކާނިކާ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ޖެނުއަރީ 25 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355