twitterviber whatsapp telegramfacebookyoutube instagram
19th February 2026

ޝަހީމް، ކުޅުދުއްފުއްޓަށާއި ދިއްދޫ އަދި އިހަވަންދޫއަށް ވަޑައިގަންނަވަނީ

Jul 29, 2018

ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ މުހަންމަދު ޝަހީމް އަލީ ސައީދު ތިލަދުންމަތީގެ ބައެއް ރަށްރަށަށް މިހަފްތާ ތެރޭގައި ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.

މިމަހުގެ 31 ވަނަ ދުވަހު ކުޅުދުއްފުއްޓާއި ހއ އިހަވަންދޫ އަދި ދިއްދޫއަށް ވަޑައިގަންނަވާނެކަމަށް ޝަހީމްގެ ޓްވިޓާގައި ވަނީ އިއުލާންކުރައްވާފަ އެވެ.

In sha Allah mi mahuge 31 ga kulhudhufushi, ihavandhoo, adhi dhidhoo ah dhathuru kuraanan.

— محمد شهيم علي سعيد (@Mohamedshaheem1) July 28, 2018

ޝަހީމްގެ އުފަން އަތޮޅު ހުވަދު އަތޮޅުގެ އުތުރުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ކެމްޕެއިން މި ނިމުނު ހަފްތާ ނިންމާލާފައިވާއިރު އެސަރަހައްދު ބޮޑު ތަރުހީބެއްގެ ލިބިފައިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށްދާއިރު އިދިކޮޅު ކޯލިޝަނުގެ ކެމްޕެއިން ޖަލްސާއެއް ރޭ ވަނީ ބ އަތޮޅުގައި ބާއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355