twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޒުވާނެއް އިސްނަގައި އިހަވަންދޫ ގޮނޑުދޮށުގެ ބޮޑު ސަރަހައްދެއް ސާފުކޮށްލައިފި

Jul 29, 2018

ހއ އިހަވަންދޫގެ ގޮނޑުދޮށް ކުނިބުނިން ތަޢައްޔަރުވެފައިވާވަނިކޮށް ޒުވާނެއް އިސްނަގައި އެރަށުގެ ގޮނޑުދޮށުން ބޮޑު ސަރަހައްދެއް ސާފުކޮށްލައިފި އެވެ. ތިންހާހަށްވުރެގިނަ މީހުން އުޅޭ އިހަވަންދޫއަކީ ކުނީގެ މައްސަލަ ބޮޑު ރަށެއްކެވެ.

ރަށަށް އުދައަރާ ކުނިކޮށިން ބޭރުވި ކުންޏާއި ޑަސްބިންތަކުގައި އުކާލައި ކުނިތަކުން ރަށުގެ އިރުމަތި ފަރާތުގެ ގޮނޑުދޮށް އޮތީ މުޅިންހެން ތަޢައްޔަރުވެ ބޭނުންނުކުރެވޭ ވަރަށް މުޑުދާރުވެފައިވެ އެވެ. މިހެން މިކަން އޮއްވާ އަބުދުﷲ އިރުޝާން ނިކުތީ ގޮނޑުދޮށް ސާފުުކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއްކަމުގައި ދެކިގެންނެވެ.

އޭނާ ގޮނޑުދޮށް ސާފުކުރަން ނިކުތީ އެކަނިމާއެނި ފަރުދީ ޒިންމާގަ އެވެ. ކޭއޯގައި ވާހަކަދައްކަމުން އިރުޝާން ބުނީ ގޮނޑުދޮށް ސާފުކުރުން ނިކުތްއިރު އެސަރަހައްދު އޮތީ ކުނިން “ކަޅު އަރާލާފައި” ކަމަށެވެ. ފުރަތަމަ ދުވަހު އެކަނި މަސައްކަތް ކުރިނަމަވެސް އެދުވަހުގެ މެންދުރުފަހު އޭނާއެކު އެރަށުގެ އެހެން ޒުވާން ކުދިންކޮޅެއްވެސް ސާފުކުރަން ނިކުތެވެ.

އިރުޝާން ގޮނޑުދޮށް ސާފުކުރަނީ–

ތިން ދުވަހުގެ މަތިން ރަށުގެ “ގަބީލާ” ސަރަހައްދުގެ ގޮނޑުދޮށުގެ ބޮޑު ބައެއް ސާފުކޮށް ނިންމާލިއިރު ބޮޑު ބައި ސާފުކުރީ އިރުޝާދެވެ. އޭނާ ބުނީ މިއީ އަމިއްލައަށް ކުރެވޭ ވަރަށްވުރެ ބޮޑު އަދި ބުރަ މަސައްކަތެއް ނަމަވެސް މިކަން ކޮށްލެވުނީމަ ހިތްހަމަ ޖެހުން ލިބުނު ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރަށުގެ ގޮނޑުދޮށުގެ އެކި ސަރަހައްދުތައް ސާފުުކުރުމުގެ ހިޔާލު ގެންގުޅޭކަމަށް އިރުޝާން ބުންޏެވެ.އިހަވަންދޫގެ އެސަރަހައްދަކީ ފިކްނިކް ދާ ސަރަހައްދެއް ނަމަވެސް ކުނިން ތަޢައްޔަރުވުމުން އެތަނަން މީހުން ޕިކްނިކް ދިއުން ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް ސާފުކޮށްލުމުން އިއްޔެ އެކަނިވެސް ގިނަ ބަޔަކު އެތަނަން ގޮސް ޕިކްނިކް ހެދިކަން އުފަލާއެކު އޭނާ ފާހަގަކުރި އެވެ.

އިރުޝާން ގޮނޑުދޮށް ސާފުކުރަން ހަރަކާތްތެރިވާއިރު ޒުވާން ކުދިން ކޮޅެއް އެހީތެރިވަނީ–

އިހަވަންދޫގެ ގޮނޑުދޮށް އެހެންޏާ ސާފުކުރަނީ ރަށުގެ ހުރި މުވައްސަސާތަކުންނެވެ. އެކަމަކު ސިޔާސީ ކަންކަމާހެދި މިފަދަ އިޖްތިމާއީ މަސައްކަތްތައް ހުއްޓިފައިވާއޮތްވާ ޒުވާނެއްގެ އިސްނެގުމުން މިވަނީ ނަމޫނާ ދައްކާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355