twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ލޭގެ ކެންސަރުގެ ވޭނުގައި އުޅެމުންދިޔަ ނައުމާ ނިޔާވެއްޖެ

Jul 29, 2018

ލެއަށް ކެންސަރު ޖެހި އެވޭނުގައި އުޅެމުންދިޔަ ކުޅުދުއްފުށީ ރިހިވެލި، ނައުމާ މުހަންމަދު ނިޔާވެއްޖެ އެވެ. އޭނާ ނިޔާވެފައިވަނީ އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުގެ މެޑިކަލް އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދު 2 ޖަހާއެހާއިރު އެވެ.

މިވަގުތު އިންޑިޔާގައި ހުރި ނައުމާގެ އާއިލާގެ މެމްބަރަކު ކޭއޯއަށް ބުނީ ނައުމާ ހާލު ދެރަވެ މީގެ ހަފުތާއެއް ކުރިން އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށާއި ނިޔާވީ ވެންޓިލޭޓަރުގައި އޮންނަތާ ހަފުތާއެއް ފަހުން ކަމަށެވެ. މިއަދަކީ އިންޑިޔާއަށް ބަންދު ދުވަހެއްކަމުން ޖަނާޒާގެ ކަންތައްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށެވެ.

19 އަހަރުގެ ނައުމާއަށް ކެންސަރު ޖެހިފައިހުރިކަން އެނގިފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި އެވެ. އޭނާއަށް އެހީވުމަށް ފަންޑް ހޯދުމަށް ގިނަ ހަރަކާތްތަކެއް އެކި ރަށްރަށުގައި ކުރިއަށްގެންގޮސްފައިވެ އެވެ.

އާއިލާއަށް ބޮޑު ޝޮކެއް، ލެއަށް ކެންސަރު ޖެހި އެހީތެރިކަމަށް ބޭނުންވެފަ

ނައުމާ ނިޔާވި ޙަބަރާއެކު ގިނަ ބަޔަކު ދަނީ ހިތާމަފާޅުކުރަމުންނެވެ. ކުޅިވަރަށް ޝައުގުވެރިކަން ހުންނަ ނައުމާއަކީ ހުރިހާ މިޒާޖެއްގެ މީހުންނާ ގުޅޭ ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355