twitterviber whatsapp telegramfacebookyoutube instagram
19th April 2026

ދިއްދޫގެ 100 ހައުސިން ޔުނިޓަށް ކުރިމަތިލާން ހުޅުވާލައިފި

Jul 30, 2018

ހއ ދިއްދޫގައި ދޫނުކޮށް މިހާރު ބާކީ ހުރި 100 ހައުސިން ޔުނިޓްތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިއްދޫގައި ގާއިމްކޮށް މިހާތަނަށް ލިބޭ ފަރާތްތައް ކަނޑައަޅާފައިނުވާ ނުވަތަ ފުރުސަތު ހުޅުވާލާފައިނުވާ 100 ހައުސިން ޔުނިޓް އެބަހުރި ކަމަށާއި ދިއްދޫ ރައްޔިތުންނަށް ހާއްސަކޮށްގެން 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ނިންމަވާފައިވާ ކަމަށެވެ.

މި ހައުސިން ޔުނިޓްތަކަށް އެދި ލާ ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ބާކީ ހުރި ގެތައް ވެސް ދޫކުރާނީ ކުރިއެކޭ އެއްގޮތަށް، އެޑްވާންސް ފީ ނަގައިގެން މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ކަމަށާއި އެ ގެތައް ދޫކޮށްފައި ވަނީ އެޑްވާންސްގެ ގޮތުގައި 19،000 ރުފިޔާ ދައްކައި، 20 އަހަރު ވަންދެން، ކުލީގެ ގޮތުގައި މަހަކު 2،500 ރުފިޔާ ދައްކައި ހަލާސް ކުރާ ގޮތަށް ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ..

ދިއްދޫގައި ސަރުކާރުން އިމާރާތް ކޮށްފައިވާ 250 ހައުސިން ޔުނިޓެވެ. އޭގެ ތެރެއިން 150 ޔުނިޓް 2015 ވަނަ އަހަރު ދޫކޮށްފައިވާއިރު އެ ޔުނިޓުތައް ދޫކުރީ ދިއްދޫގެ ރައްޔިތުންނަށް ހާއްސަ ކޮށްފައިވާ 125 ގެއަކާއި އެރަށަށް ހިޖުރަކުރަން ބޭނުންވާ ފާރަތްތަކުގެ ތެރެއިން 20 ފަރާތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355