twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގޭގައި ފަސޭހައިން ހަދާލެވޭނެ 3 ހާބަލް ފޭސް މާސްކެއް

Aug 12, 2018

މޫނު ރީތި ކުރަން އަންހެން ކުދިންގެ އިތުރުން ފިރިހެނުންވެސް ގިނަ ކަންކަން ކުރެއެވެ. ތަފާތު އަގުބޮޑެތި ބްރޭންޑްތަކުގެ ފޭސް ވޮޝް، ފޭސް މާސް، ނުވަތަ ކްރީމް ބޭނުން ކުރެއެވެ. ގޭގައި ގިނަ ބާވަތްތަކުގެ ފޭސް މާސްކު ހަދައިގެން ވެސް ބޭނުން ކުރެއެވެ.

ގޭގައި ފަސޭހައިން ހަދާލެވޭނެ އެއް ވައްތެއްގެ ފޭސް މާސްކަކީ ހާބަލް ފޭސް މާސްކެވެ. ހާބަލްއަކީ ހަންގަނޑު ރީތިކޮށް އަދި މޮއިސްޓަރައިޒްވެސް ކޮށްދޭ އެެއްޗެކެވެ. އަދި މި ފޭސްމާސްކުތައް ހަދާލުމަށް އަގުބޮޑެތި އެއްޗެހި ބޭނުމެއް ނުއެވެ.

އެގޮތުން ގޭގައި ފަސޭހައިން ހަދާލެވޭނެ 3 ހާބަލް ފޭސް މާސްކެއް ހިމަނާލާނަމެވެ.

– ހާބަލް މިންޓް ފޭސް މާސްކް

މިންޓް ފަތުގައި ގިނަ އަދަދަކަށް އެންޓިބެކްޓީރިއަލް އަދި އެންޑިސެފްޓިކް ހިމެނެއެވެ. އެެހެންކަމުން ހަންގަނޑުގައި ރޫ ޖެހުމާއި ބިހި ނެގުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ.

މާސްކް ހެދުމަށް ބޭނުންވާތަކެތި:

2 ކިއުކަންބާ

މިންޓް ފަތް

ތައްޔާރު ކުރާނެގޮތް

ކިއުކަންބާތައް ފޮތިފޮތި ކޮށްލުމަށްފަހު ބްލެންޑުކޮށްލާށެވެ. އެއަށްފަހު ފެންތައް ފުރާނާލުމަށްފަހު ފުރޭނީގައި ހުރިބައި ހޫނުކޮށްލާށެވެ. ހޫނުކުރާއިރު ތަވާއެއްގައިވެސް ހޫނު ކުރެވިދާނެއެވެ. އެގޮތުން ހޫނުކުރާއިރު ކުޑަ ފެންފޮދެއް އެޅުމަށްފަހު މިންޓް ފަތްތައް ކޮފާފައި އެއްކޮށްލާށެވެ.

މި މާސްކް ބޭނުން ކުރާނީ ހޫނު ކުރުމަށްފަހު އެއްކޮށް ހިހޫ ވީމަ އެވެ. މޫނުގައިި ހޭކުމަށްފަހު 20 މިނެޓް ބެހެއްޓުމަށްފަހު ފިނި ފެނުން ދޮވެލާށެވެ.

– ތާމެރިކް ފޭސް މާސްކް –

ތާމެރިކް ނުވަތަ ރީދޫއަކީ ހަށިގަނޑަށް ވެސް ވަރަށް ފައިދާ ކުރާ އެއްޗެކެވެ. އަދި މިއީ އެންޓި ފްލެމެންޓްރީ އެއްވެސް މެއެެވެ.

މާސްކް ހެދުމަށް ބޭނުންވާތަކެތި:

1 ސަމުސާ ރީދޫ

1 ސަމުސާ މާމުތް

1 ސަމުސާ ނެޗުރަލް ޔޯގަޓް

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ރީދޫ އަދު މާމުތް އެއްކޮށްލާށެވެ. ރީތިކޮށް ދޭތިއެއްވުމުން ޔޯގަޓް އަޅާ ރަނގަޅަށް މިކްސް ކޮށްލާށެވެ.

މި މާސްކް މޫނުގައި އަދި ކަރުގައި ކޭހޭނެއެވެ. އަދި ލޯކައިރީވެސް ބޭނުން ކުރެވޭނެއެވެ. މާސްކުގައި ހިމެނޭ ރީދޫގެ ސަބަބުން ލޯކައިރި ކަޅު ވުމާ ދުޅަވުމުން ދުރުކޮށްދެއެވެ. މި މާސްކްވެސް ބޭނުން ކުރާނީ 20 މިނިޓުއެވެ.

– ސިނަމަން ފޭސް މާސް –

ސިނަމަން ނުވަތަ ފޮނި ތޮއްޓަކީ ވެސް އެންޓި ފްލެމެންޓްރީގެ ބާވަތެއްކަމުން މިއީ ވެސް ހަންގަނޑު ރީތިކޮށްދޭ އެެއްޗެކެވެ.

މާސްކް ހެދުމަށް ބޭނުންވާތަކެތި:

1 ސަމުސާ މާމުތް

1 ސަމުސާ ފޮނިތޮށި (މުގުރާފަ)

ތައްޔާރު ކުރާނެ ގޮތް:

މާމުއިތް އަދި ފޮނިތޮށިކޮޅު ރީތިކޮށް އެއްކޮށްލާށެވެ. އެއަށްފަހު މޫނުގައި ހާކާ ރަނގަޅަށް މަޑުމަޑުން މަސާޖުކޮށްލާށެވެ.

މި މާސްކު 15 މިނެޓް ވަންދެން ބެހެއްޓުމަށް ފަހު ތާފަނާ ފެނުން ދޮންނާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355