މި މަހުގެ 19 ވަނަ ދުވަހަކީ ސަރުކާރުގެ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ހަމަޖައްސަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ވިދާޅުވީ ކަލަންޑަރުގައި ވާގޮތައް ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ 12 އޮގަސްޓް ކަމަށް ވެއްޖެނަމަ 19 އޮގަސްޓް އަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށެވެ.
މިގޮތަށް ނިންމެވީ އީދު ޗުއްޓީ ދިގުކޮށްލެވުމުގެ ގޮތުންކަމަށްވެސް މުއާޒް ވިދާޅުވި އެވެ.
އީދު ޗުއްޓީއަށް އޮގަސްޓް 19 އިތުރު ކުރުމުން މި މަހު 17 އިން ފެށިގެން 25 އޮގަސްޓާއި ހަމައަށް ސަރުކާރު އޮފީސްތައް ބަންދުވާނެ އެވެ.