twitterviber whatsapp telegramfacebookyoutube instagram
1st June 2025

ފްރާންސްގެ ސްކޫލްތަކުގައި ސްމާޓް ފޯނާއި ޓެބްލެޓް ބޭނުން ކުރުން މަނާކޮށްފި

Aug 2, 2018

ފްރާންސްގެ ހުރިހާ ސްކޫލުތަކެއްގައި ސްމާޓް ފޯނާއި ޓެބްލެޓް ބޭނުން ކުރުން އެ ގައުމުގެ ސަރުކަރުން މަނާ ކޮށްފި އެވެ.

15 އަހަރުން ދަށުންގެ އެއްވެސް ކުއްޖެއް ސްކޫލުތަކުގައި ސްމާޓް ފޯނާއި ޓެބްލެޓް ބޭނުން ކުރުން މަނާކޮށްފައިވަނީ އަންނަ ސެޕްޓެމްބަރ މަހުން ފެށިގެންނެވެ.

މިއީ އެގައުމުގެ ރައީސް އެމެނުއަލް މެކްރޯން ކެމްޕެއިން ދުވަސްވަރު ވެފައިވާ ވައުދެއްވެސް މެއެވެ.

މި ބިލް އެގައުމުގެ މަޖިލީހަށް ހުށައަޅާފައިވާއިރު ބިލް ފާސްކޮށްފައިވަނީ މިދިޔަ ހޯމަދުވަހު އެވެ. އެގޮތުން އާ ގާނޫނު ބުނާގޮތުން 15 އަހަރުން ދަށުގެ ކޮންމެ ކުއްޖެއްވެސް ސްކޫލަށް ދެވޭނީ ފޯން ގޭގައި ބާއްވާފައެެވެ. ނުވަތަ ސްކޫލަށް ވެއްދުމަށްފަހު ފޯނު އޮންނަށް ވާނީ ނިއްވާލާފައެވެ.

ފްރާންސްގައި 10 ކުއްޖަކުން 9 ކުއްޖަކު ސްމާޓްފޯން ބޭނުން ކުރެއެވެ. މީގެ އިތުރުން 2010 ވަނަ އަހަރު އެގައުމުގެ ސަރުކާރުން ވަނީ ކްލާސް ތެރޭގައިވެސް ފޯނު ބޭނުން ކުރުން މަނާކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355