twitterviber whatsapp telegramfacebookyoutube instagram
1st June 2025

ޕްރޮލިފެރޭޝަން ރިލޭޓަޑް ޝިޕްމެންޓްސް އިން އެން އެއާޕޯޓް ރިލޭޓަޑް އެންވިރޮންމެންޓް ޓްރެއިނިންގ ނިންމާލައިިފި

Aug 2, 2018

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުންނަށް ހިންގާ ‘ޕްރޮލިފެރޭޝަން ރިލޭޓަޑް ޝިޕްމެންޓްސް އިން އެން އެއަރޕޯޓް ރިލޭޓަޑް އެންވިރޮންމެންޓް ޓްރެއިނިންގ’ ނިންމާލައިފި އެވެ.

މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 25 ކަސްޓަމްސް އޮފިސަރުން ބައިވެރިިވެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 29 ޖުލައި 2018 އިން 01 އޮގަސްޓް 2018 އަށެވެ. މިއީ ޔުނައިޓަޑް ސްޓޭޓްސް ޑިޕާރޓްމެންޓް އޮފް ސްޓޭޓް އެކްސްޕޯޓް ކޮންޓްރޯލް އެންޑް ރިލޭޓަޑް ބޯޑަރ ސެކިއުރިޓީ (އީ.އެކްސް.ބީ.އެސް) އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މިތަމްރީން ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ބައިނަލްއަގްވާމީ ބަނދަރުތަކުން ނުރައްކާތެރި ތަކެތި ސްމަގްލްކުރުމާއި ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަން ( ޑަބްލިއު.އެމް.ޑީ) ތައްޔާރުކުުރުމަށް ބޭނުން ކުރެވޭނޭ ތަކެއްޗާއި އެތަކެތީގެ ޑެލިވަރީ ސިސްޓަމްތައް ހޯދުމާއި، ދެނެގަތުމާއި އަދި ހިފެހެއްޓާނޭ ގޮތް ބައިވެރީންނަށް ހިއްސާކުރުމެވެ.

މީގެ އިތުރުން ފްލައިޓާއި ފަސިންޖަރުން އަދި ވައިގެ މަގުން ގެންނަ މުދާ ބަލާ ފާސްކުރާނޭ އެކްސަސައިޒްތައްވެސް މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން ބައިވެރިން ފުރިހަމަ ކުރާނެއެވެ.

މިތަމްރީން ޕްރޮގްރާމްގައި ކިޔަވައިދެއްވީ އީ.އެކްސް.ބީ.އެސްގެ ފަރާތުން ކަމާއި ގުޅޭ 6 ތަޖުރިބާކާރު ބޭފުޅުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355