twitterviber whatsapp telegramfacebookyoutube instagram
19th February 2026

ނަމާދުކުރާ ބައެއް ހިމެނޭގޮތަށް ނޮޅިވަރަންފަރު ބަނދަރުގައި ދަތުރުހިޔާއެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

Aug 4, 2018

ހދ ނޮޅިވަރަންފަރު ބަނދަރު ސަރަހައްދުގައި ދަތުރުހިޔާއެއް އެޅުމަށް އެރަށު ކޮޅުދާލި ކާޕެންޓްރީ އެންޑް މެޓަލްސް ވޯލްސްއާ ހަވާލުކޮށްފި އެވެ. ދަތުރު ހިޔާ ހަދަނީ ނަމާދުކުރާ ބައެއް ހިމަނައިގެންނެވެ.

ނޮޅިވަރަންފަރު ކައުންސިލުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި އެ އެއްބަސްވުމުގައި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް އަލްއުސްތާޒު އަހުމަދު އިބްރާހީމް އެވެ. ކޮޅުދާލި ކާޕެންޓްރީ އެންޑް މެޓަލްސް ވޯކްސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކޮމްޕްނީގެ މެނޭޖަރ އަހުމަދު ހަސަން އެވެ.

ނޮޅިވަރަންފަރު ކައުންސިލުން 370،000ރ ރުފިޔާ ހަރަދުކޮށް އަޅައި ދަތުރުހިޔާއެކެވެ. ހަވާލުކުރާތާ 90 ދުވަސްތެރޭގައި މަސައްކަތް ނިންމަން ޖެހެ އެވެ.

ނޮޅިވަރަންފަރުގައި ބަނދަރު ހަދައި ނިމިފައިވާއިރު ބަނދަރު ބޭނުންކުރަން ރައްޔިތުން ވަނީ ފަށާފައި އެވެ. ކައުންސިލުން ބުނީ ބަނދަރު ސަރަހައްދުގައި ހިޔާވާނެ ތަނެއް ނެތުމުގެ ސަބަބުން ރައްޔިތުންގެ ފަސޭހައަށްޓަކާ ހަދާ ތަނެއްކަމަށެވެ.

ނަމާދުކުރެވޭނެ އިންތިޒާމު ރާއްޖޭގެ ރަށްރަށުގައި ހުންނަ ދަތުރުހިޔާ ފަދަ ތަންތަނުގައި ވަރަށް މަދުން ނޫނީ އިންތިޒާމުކުރެވިފައިނުހުރެ އެވެ. މިތަން ނިމޭއިރު ދެ ފާހާނާވެސް ހުންނާނެކަމަށް ކައުންސިލުން ބުނެ އެވެ.

ބަނދަރުގެ މަސައްކަތް ނިމިފައިވީނަމަވެސް ބަނދަރު ރަސްމީކޮށް ހުޅުވާފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355