“ރަސް ހެފުން” ނަމުގައި ކުރިއަށްގެންދިޔަ މިހަރަކާތްތަކީ ރައީސް ޔާމީން ކެމްޕެއިންގެ ސިލްސިލާ ހަރަކާތްތައް ފެށުމުގެ ގޮތުން ކުޅުދުއްފުށީގައި އުޅޭ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށީ، ޝަހީދު ހުސެއިން އާދަމްގެ ޕާކް ސަރަހައްދުގައި ކުރިއަށްގެންދިޔަ “ރަސް ހެފުން”ގެ މިހަރަކާތަކީ ބޮނޑި ބަތާއެކު ކުރިއަށްދިޔަ އިވެންޓެކެވެ.
މިއީ ރައީސް ޔާމީން ކެމްޕެއިން ހަރަކާތްތައް ކުޅުދުއްފުށީގައި ފެށުމުގެ ގޮތުން ޒުވާނުން ހިންގި ފުރަތަމަ ހަރަކާތްކަމުން ބޮޑު އިސްކަމެއްދިނީ ކުޅުދުއްފުށީގައި އުޅޭ ޕީޕީއެމްގެ މެމްބަރުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުން ކަމަށް އެކަމުގައި އިސްކޮށް އުޅުނު ޒުވާނަކު މައުލޫމާތުދިނެވެ.
ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތް ކުޅުދުއްފުށީގައި ފެށުމުގެ ގޮތުން ޒުވާނުން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން–
އޭނާ ބުނީ މިހަރަކާތަށް އާންމުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށާއި ވަރަށް އަވަހަށް މިފަދަ އިތުރު ހަރަކާތެއް ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާނެކަމަށެވެ.