ނ މާފަރުގައި ތަރައްގީކުރާ އެއާޕޯޓުގައި މި ފެށޭ ހަފްތާ ޓެސްޓު ފްލައިޓު ޖައްސާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފިއެވެ.
2.2 ކިލޯމީޓަރު ރަންވޭއަކާއެކު ތަރައްގީ ކުރާ މި އެއާޕޯޓަކީ ސިންގަޕޫރުގެ ޓަފް އޮފް ޝޯ ކުންފުންޏާ ހަވާލުކޮށްގެން ޔޫއޭއީގެ އެހީގައި ތަރައްގީކުރާ އެއާޕޯޓެކެވެ.
ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް “ސަން” އައް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަސް ތެރޭ އެ މަސައްކަތް ކޮށް ނިންމާލެވޭނެ ކަމަށާއި މިހާރު ކުރިއަށްދަނީ ރަންވޭގައި ކުރަހާ މާކުތަކުގެ މަސައްކަތް ކަމަށެެވެ.
މި އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭނެ ރަންވޭ އަކާއެކު ތަރައްޖީ ކުރާ އެއާޕޯޓެކެވެ.
އަދި ޕެސެންޖަރު ޓާމިނަލްގެ އިތުރުން ވީިވީއައިޕީ ޓާމިނަލްއަކާއި ޖެޓް ޕާކިންގް ފެސިލިޓީޒް މި އެއާޕޯޓުގައި ހިމެނޭނެއެވެ.