މި އަހަރުގެ އަޟްޙާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާ ރަށްތަކުން އެކަމަށްއެދި އިސްލާމިކް މިނިސްޓްރީ ހުއްދަ ހޯދުމަށް އެ މިނިސްޓްރީ އަންގައިފި އެވެ.
މިއަދު އެ މިނިސްޓްރީ ނެރުނު ސަރކިއުލާގައި ބުނެފައިވަނީ މިއަހަރު އަޟްޙާ އީދު ބޮޑު ޖަމާއަތުގައި ކުުރުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ކައުންސިލް ތަކުން ނުވަތަ ޖަމިއްޔާތަކުން އެ މިނިސްޓްރީ އަށް ހުށައަޅައި ހުއްދަ ލިބިގެން ނޫންގޮތަަކަށް ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރުމަށެވެ.
މީގެ އިތުރުން އީދު ނަމާދު އިމާމުވެ ކުރައްވާ ބޭފުޅުންގެ މައުލޫމާތު ވެސް އެ މިނިސްޓްރީއަށް ފޮނުވާ ހުއްދަ ހޯދުމަށް އެ ސަރކިއުލާގައި ބުނެފައި ވެއެވެ.
ފިތުރު އީދާ އަޟްޙާ އީދު ނަމާދަކީ ގިނަ ރަށްތަކުގައި ބޮޑު ޖަމާއަތުގައި ކުރާ ދެ ނަމާދެވެ. މިދިޔައަހަރު ކުޅުދުއްފުށީގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ވަނީ ކޮށްފަ އެވެ.