އަންނަ ސެޕްޓެމްބަރ މަހު 1 ން 3 ކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސްޕަރ ސްޕެސަލިސްޓުންގެ ޓީމެއް ބަލިމީހުން ބެލުމަށް ހަމަޖެހިއްޖެއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަލިމީހުން ބެލުމަށް ހަމަޖެހިފައިވާ ޑޮކްޓަރުން ފަރުވާ ދެއްވުމަށް ހަމަޖެހިފައިވާ ބަލިތަކަކީ ކިޑުނީގެ ބަލިތަކަށް ކުޑަކަމުދާ ނިޒާމްގެ ބަލިތަކަށް އަދި ދަރިމައިވުމާގުޅޭ ބަލިތަކެވެ.
މި ޑޮކްޓަރުންނަށް ދައްކަވަން ބޭނުންވާ ފަރާތްތަކަށް ނަންނޯޓް ކުރެވޭނީ މިއަދުން ފެށިގެން އެ ހޮސްޕިޓަލްގެ އެތެރެ ހަށީގެހާއްސަ ޑޮކްޓަރު، އޮޕަރޭޝަން ޑޮކްޓަރު އަދި އަންހެންނުންގެ ހާއްސަ ޑޮކްޓަރަށް ދެއްކެވުމަށްފަހު އެވެ.
މިިދިޔަ ޖުލައި މަހުވެސް ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކިޑުނީގެ ބަލި، ކުޑަކަމުދާ ނިޒާމްގެ ބަލިތަކަށް އަދި ދަރިމައިވުމާގުޅޭ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ބަލި މީހުން ބައްލަވާފަ އެވެ.
މި ޕްރޮގްރާމަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައިޖީއެމްއެޗާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.