twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ރިޔާސީ އިންތިހާބުގެ ޓްރެއިނަރުން ތަމްރީނުކުރަން ފަށައިފި

Aug 11, 2018

އަންނަ ސެޕްޓެމްބާރ މަހުގެ 23 ގައި ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބަށް ޓްރެއިނަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބީ މަރުކަޒު ހުންނަ ބާ ޖަމާލުއްދީން އިމާރާތުގައި ރިޔާސީ އިންތިހާބަށް ޓްރެއިނަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމު މިއަދު ފަށާފައިވާއިރު އެޕްރޮގްރާމު ފައްޓަވައިދެއްވީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ޒާހިދުވެ.

ހަތް ދުވަހުގެ މުއްދަތަކަށް އެ ޓްރޭނިން ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ޓްރެއިނަރުންގެ މަސްއޫލިއަތަކީ ވޯޓު ފޮށި ކައިރީގައި ތިބޭ އޮފިސަރުން ތަމްރީނުކުރުމެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާއި ވާދަ ކުރައްވާނީ ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހެވެ. އިބޫގެ ރަނިންމޭޓަކަށް ހުންނެވީ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓްލުމަށް 72000 އަށްވުރެ ގިނަ ފަރާތަކުން ރީރަޖިސްޓްރީކޮށްފައިވާއިރު ރީރަޖިސްޓްރީކުރުމަށް އެދި ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މިރޭ މެންދަމު 12:00 ކަމަށް އީސީ އިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355