އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހަންމަދު ސޯލިޙް މިއަދު ހދ އަތޮޅަށް ވަޑައިގެންފި އެވެ.
ރިޔާސީ އިންތިހާބު ކެމްޕެއިނަށް ހދ އަތޮޅަށް އިބޫ ވަޑައިގަތީ ހަނިމާދޫ މަގުން މިއަދު ހެނދުނު އެވެ. ހަނިމާދޫއަށްފަހު މިހާރު ވަޑައިގެން އުޅުއްވަނީ ނޮޅިވަރަންފަރުގަ އެވެ.
އިބޫގެ މިދަތުރުފުޅުގައި މިއަދު ހަނިމާދޫ އާއި ނޮޅިވަރަންފަރުގެ އިތުރުން ހިރިމަރަދޫ، ނެއްލައިދޫ، ނާވައިދޫ އަދި މަކުނުދޫއަށް ވަޑައިގަންނަވާނެ އެވެ. އަދި މަކުނުދޫގައި މިރޭ ޖަލްސާއެއް ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ.
އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބުރާހިމް މުހަންމަދު ސޯލިޙް މިއަދު ނޮޅިވަރަންފަރުގައި–
މާދަމާ އިބޫގެ ދަތުރު ހަމަޖެހިފައިވާ ގޮތްތަށް ބަލާލާއިރު އެންމެ ފުރަތަމަ ވަޑައިގަންނަންވާގޮތަށް ހަމަޖެހިފައިވަނީ ނޭކުރަންދޫއަށެވެ. އެއަށްފަހު ވައިކަރަދޫ، ކުމުންދޫ، ކުރިނބީ، ކުޅުދުއްފުއްޓަށެވެ.
މާދަމާ ރޭ ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި ބޮޑު ޖަލްސާ ބޭއްވުމަށްފަހު، 14 ވަނަ ދުވަހު ނޮޅިވަރަމު، އަދި ފިނޭއަށް ވަޑައިގަންނަވާނެ އެވެ.