twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކޭލަކުނު ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ރަށްތައް ހިމާޔާތްކުރާނަން: އިބޫ

Aug 12, 2018

ހދ ކޭލަކުނު ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ރަށްތައް އިދިކޮޅު ވެރިކަމެއްގައި ހިމާޔާތްކުރެވިގެންދާނެކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް އިބުރާހިމް މުހަންމަދު ސޯލިޙް ވިދާޅުވެއްޖެ އެވެ.

ހދ ކޭލަކުނަކީ ގުދުރަތީގޮތުން ތަފާތު ސިފަތަކެއް ލިބިފައިވާ ރަށެކެވެ. ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ބްލޫޕީސް މޯލްޑިވްސްއިން ހެދި ދިރާސާއެއްގައި ބުނާ ގޮތުން ކޭލަކުނަކީ ކަނޑޫފާގައި ހެދޭ ހަތަރު ވައްތަރެއްގެ ގަސް ގިނަ އަދަދަކަށް ހުރި ރަށެކެވެ. ހަމައެއާ އެކު 80.23 ހެކްޓަރު ބޮޑު އެރަށުގައި ބޮޑު ކުޅިއަކާއި ގިނަ އަދަދެއްގެ ރުއް ގަސް ވެސް ހިމެނެ އެވެ

ރާއްޖޭ ޓީވީ ފަލަ ސުރުޙީ ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އިބުރާހިމް މުހަންމބޭފަދު ސޯލިޙް ވިދާޅުވީ ކޭލަކުނު ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ރަށްތަކެއް އެބަހުރި ކަމަށާއި އެބޭފުޅުންގެ ވެރިކަމެއްގައި އެފަދަ ރަށްތައް ރައްކާކޮށް، ހިމާޔާތްކުރެވިގެންދާނެ ކަމަށެވެ.

” ކޭލަކުނު ފަދަ ނާޒުކު ރަށްތައް އެބަހުރި އެރަށްތައް ހިމާޔާތްކޮށް ރައްކާތެރިކުރަން އެބަޖެހޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި އެފަދަ ރަށްތައް ހިމާޔާތްކުރެވިގެންދާނެ.” އިބޫ ވިދާޅުވި އެވެ.

ތިމާވެށީގެ މައްސަލައަކީ ރާއްޖޭއަށް ދިމާވެފައިވާ ގައުމީ މައްސަލައެއް ކަމަށާއި އިގްތިސާދު ބިނާވެފައިވަނީ ނޫ އިގްތިސާދެއްގެ މައްޗަށް ކަމަށްވާއިރު ރާއްޖޭގެ އިގްތިސާދުގެ މައިތަނބަކީ ތިމާވެށި ކަމަށް އިބޫ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކޭލަކުނުގައި ރިސޯޓެއް ތަރައްގީކުރުމަށް ހުޅުވާލުމުން ތިމާވެއްޓާ ބެހޭ ގިނަ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355