twitterviber whatsapp telegramfacebookyoutube instagram
19th February 2026

އެއް ރަށުން އަނެއް ރަށަށް ހިނިތުންވުމާއެކު، ބަޑި ހިފައިގެން ހުރި އެކަކުވެސް ނެތް: އަލީ ހުސެއިން

Aug 12, 2018

އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަމުންމިދަނީ ހިނިތުންވުމާއެކު ކަމަށާއި ބަޑި ހިފައިގެން ހުރި އެކަކުވެސް ނެތް ކަމަށް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް ހދ އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެއްވި ދަތުރުފުޅުގައި ބ. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް އަންނަނީ ބައިވެރިވަމުންނެވެ.

މިދަތުރުފުޅުގެ ތެރެއިން އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވަނީ ލޯންޗުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަމުންމިދަނީ ހިނިތުންވުމާއެކު ކަމަށާއި ބަޑި ހިފައިގެން ހުރި އެކަކުވެސް ނެތް ކަމަށެވެ.

Laanchu mihaaru dhathuru kuramun midhanee Neillaidhoo ah. Eh rashun aneh rashah dhathuru mikuranee hinithun vumaaeku. Badi hifaigen huri ekakuves nei.

— Ali Hussain (@AleeVoice) August 12, 2018

ބަޑި ހިފައިގެން ހުރި އެކަކުވެސް ނެތްކަމަށް އަލީ ހުސެއިން ފާހަގަ ކުރައްވަނީ ރައީސް ޔާމީންނަށް ފާޑުވިދާޅުވުމުގެ ގޮތުން ކަމަށް ބެލެވެ އެވެ. ފަހަކަށް އައިސް ރައީސް ޔާމީން އާބާދީ ކުދި ރަށްރަށަށް ވަޑައިގަންނަވާއިރު އެމަނިކުފާނުގެ ސެކިއުރިޓީންގެ ގޮތުގައި ހަތިޔާރު އެޅި ސިފައިން ހަރަކާތްތެރިވެ އެވެ.

އަލީ ހުސެއިން ކުރެއްވި އެހެން ޓްވީޓެއްގައި ލިޔުއްވާފައިވަނީ ނޮޅިވަރަންފަރުގެ ގެދޮރުގެ ދަތިކަން ތަހައްމަލުކުރަމުންދާ 52 އާއިލާގެ މަތިން ހަނދާނެއް ނުނެތޭނެ ކަމަށެވެ. ހިރިމަރަދޫއަށް ވަޑައިގެން އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެރަށުގެ ރައްޔިތުން ބޭނުންވަނީ އިންސާފުކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355