މި އަހަރު ރިޔާސީ އިންތިހާބުގައި ވޯޓުލާން ހަމަޖެހިފައިވާ 23 ސެޕްޓެމްބަރު ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި އެވެ.
އިންތިހާބުގައި ވޯޓުލުމަށް ހަމަޖައްސާފައިވާ ސެޕްޓެމްބަރ 23 ވާ ދުވަހަކީ އާދިއްތަ ދުވަހެކެވެ.
ސަރުކާރު ބަންދު ނޫން ދުވަހެއްގައި ވޯޓުލާތީ އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރީގެ ބަނޑާރަ ނައިބު ހުސްނުއްސުއޫދު ސްޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅުއްވިއެވެ. ނަމަވެސް އެމައްސަލަ ސްޕްރީމް ކޯޓުން ވަނީ ބަލައިނުގަނެ ބޭރުކޮށްލާފައެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި އިންތިހާބުތައް ބާއްވާފައިވަނީ ސަރުކާރު ބަންދު ދުވަސްތަކާ ދިމާކޮށެވެ.
އިންތިހާބުތަކުގައި ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި ސުކޫލުތަކުގެ ހޯލުތައް ބޭނުން ކުރާ އިރު ސަރުކާރު ބަންދު ނޫން ދުވަހެއްގައި ސުކޫލުތަކުގެ ހޯލުތައް ބޭނުން ކުރުމަކީ ދަތި ކަމަކަށް ވެގެންދާނެއެވެ.