twitterviber whatsapp telegramfacebookyoutube instagram
19th February 2026

ޕީޕީއެމް ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާ ހާއްސަ ހަރަކާތެއް މިރޭ ކުޅުދުއްފުށީގަ !

Aug 12, 2018

ސަރުކާރު ހިންގާ މައިޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަބުދުއްރަހީމް އަބުދުﷲ ބައިވެރިވަޑައިގަންނަވާ ހާއްސަ ހަރަކާތެއް މިރޭ ކުޅުދުއްފުށީގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ކުޅުދުއްފުށީ، އަސުރުމާ ޖަގަހާގައި މިރޭ ކުރިއަށްދާ މިހަރަކާތުގައި އަބުދުއްރަހީމްގެ އިތުރުން ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއިލް އަދި ކެލާ ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާރިފްވެސް މިހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިހަރަކާތަކީ ޕީޕީއެމްގެ މެމްބަރުން އެއްތަނަކުން އެއްވެ ބައްދަލުކޮށްލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއްކަމަށް ކުޅުދުއްފުށީ ޕީޕީއެމްއިން މައުލޫމާތުދެ އެވެ. ޕީޕީއެމްގެ ހަރަކާތެއް މިދިޔަ ހަފްތާތެރޭގައިވެސް ކުޅުދުއްފުށީގައި ވަނީ ކުރިއަށްގެންގޮސްފަ އެވެ.

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ބައިވެރިވާ ހާއްސަ ޖަލްސާއެއް މާދަމާ ރޭ ކުޅުދުއްފުށީގައި ބާއްވާގޮތަށް ވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355