އިދިކޮޅު ޕާޓީތަކުގެ ބޮޑު ޖަލްސާއެއް މިރޭ ކުޅުދުއްފުށީގައި ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
މިޖަލްސާ އޮންނަނީ މިރޭ ބަނޑާރަމައިދާނާ ދިމާ ވެލިގަނޑު ސަރަހައްދުގަ އެވެ.
މިޖަލްސާގައި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެމަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ފަހެއް ޖަހާއެހާއިރު އެވެ.
އިބޫގެ އިތުރުން ކޯލިޝަން ޕާޓީތަކުގައި މިވަގުތު އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވާނެ އެވެ.
ކޯލިޝަން ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް ހދ އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ރޭގަ މަޑުކުރެއްވީ މަކުނުދޫގަ އެވެ.